ސައްޓުއާއި، ފާއްޓޭއަށް ރިލީޒް ހަމަޖެހި ދެކުޅުންތެރިން ޓީމާ ގުޅިއްޖެ

12573063_1265256286824531_7043214375284541563_n.png

މިނިވަން ޗެންޕިއަންޝިޕް ފައިނަލް ބުރުގެ މެޗްތައް ފެށުމަށްޓަކައި އޭދަފުށީ ޓީމް އިއްޔެ ކުޅުދުއްފުއްޓަށް ފުރިއިރު ރިލީޒް ނުލިބުމާ ގުޅިގެން ޓީމާއެކު ނުދެވުނު އެންމެ މުހިއްމު ދެކުޅުންތެރިން ކަމަށްވާ ސައްޓުއާއި، ފާއްޓޭ މިރޭ ޓީމާ ގުޅިއްޖެއެވެ.

އޭދަފުށީ ކައުންސިލުން ބުނީ މިދެކުޅުންތެރިން ވަޒީފާ އަދާކުރާ އޮފީހުން ރިލީޒް ލިބުނީ މިއަދު ކަމަށާ، އެކަމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އާއި، އުރީދޫ މޯލްޑިވްސް އަށް ޝުކުރު އަދާ ކުރާ ކަމަށެވެ. ސައްޓު ވަޒީފާ އަދާކުރަނީ އޭދަފުށީ ބޭންކް އޮފް މޯލްޑިވްސް ބްރާންޗްގައެވެ. ފާއްޓޭ އޭދަފުށީ އުރީދޫ މޯލްޑިވްސްގައެވެ. މިދެކުޅުންތެރިންނަކީވެސް ފައިތުވި ދެއަހަރު އަދި މިއަހަރުވެސް އޭދަފުށި މިނިވަން ޗެންޕިއަންޝިޕް މުބާރާތުގައި ކުޅެމުންދާ މެޗްތަކުގައި ޓީމްގެ އެޓޭކިންގައި އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކަމުންއަންނަ ދެކުޅުންތެރިންނެވެ.

ސައްޓުއާއި ފާއްޓޭއާއެކު މުހިއްމު 2 ޑިފެންޑަރުން ކަމަށްވާ ހަނީފްއާއި، ސިމަންވެސް މިރޭ ދަރަވަންދޫ މަގުން ހަނިމާދުއަށް ގޮސް ކުޅުދުއްފުށިން ޓީމްގެ ކޭމްޕާ ގުޅޭނެކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ.

މިހަތަރު ކުޅުންތެރިން މިރޭ ޓީމާ ގުޅުނުއިރު މިނިވަން ޗެންޕިއަންޝިޕް ފައިނަލް ބުރުގައި އޭދަފުއްޓާ ކުޅުދުއްފުށި މާދަމާ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top