އިކްރާމާއި ހުސެން ފައިނަލަށް

12313658_1073716939306235_3072586583669972712_n.jpg

އެދަފުށީގެ ދެ ކުޅުން ތެރި އަކު ބެޑްމިންޓަން މުބާރާތެއްގައި އޭދަފުށީ ތަމްސީލު ކުރަނީ

މިހާރު ކުޅެވެމުންދާ އަތޮޅުލީގު ބެޑްމިންޓަން މުބާރާތުގެ އޯޕަން އިވެންޓް ފައިނަލަށް އޭދަފުށި ބީޑީސީ ގެ މުހައްމަދު އިކުރާމާއި ހުސެންމުހައްމަދު ހިނގައްޖެއެވެ.

މި ޕެއަރ ފައިނަލަށް ގޮސްފައިވަނީ ރޭ ކުޅެވުނު ހޮޅުދޫ ބީޑީސީގެ އާކިފްއާއި އަފާޒުގެ ޕެއަރ އާ ބައްދަލުކޮށްގެން ސީދާ ދެސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މާދަމާރޭ 8:00 ގައި އޮންނަ ފައިނަލް މެޗަށް އިކްރާމާއި ހުސެންގެ ޕެއާ ނުކުންނާނީ ހޮޅުދޫގެ މުތީއުއާއި އުނައިސްއާ ވާދަކުރުމަށެވެ.

އިކުރާމާއި ހުސެން ވަނީ މި މުބާރާތުގެ އަމިއްލަ އިވެންޓްގެ ސިންގަލްސް ސެމީ ފައިނަލުންވެސް ޖާގަ ހޯދާފައެވެ. އަމިއްލަ އިވެންޓްގެ ސިންގަލްސް ސެމީ ފައިނަލު މެޗުތައް އޮންނާނީ މާދަމާ ހަވީރު 5 ޖަހާއިރު އެވެ.

އަތޮޅުލީގު ބެޑްމިންޓަން މުބާރާތުގެ ޓީމްއިވެންޓް މިއަހަރުގެ ޗެމްޕިއަން ޓީމަކީ ނ. ހޮޅުދޫ ބީޑީސީއެވެ. ވޭތުވެ ދިޔަ ތިންއަހަރު އަހަރު އޭދަފުށީ ބީޑީސީ މުބާރާތުގެޗެމްޕިއަންކަން ހޯދިކަމުގައިވިޔަސް މިއަހަރު ވަނީ ފައިނަލާހަމައަށްވެސް ނާދެވި ސެމީފައިނަލުގައި ހޮޅުދޫ ބީޑީސީ އަތުން ކަޓާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top