ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 95 އިންސައްތަ މީހުން ރަނގަޅުވެއްޖެ

DSCN9334-1.jpg

ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރު--ފޮޓޯ :އީވީ

ރާއްޖެއިން ކޮވިޑް ބަލި ޖެހުނު 95 އިންސައްތަ މީހުން އެބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

 

އެ އެޖެންސީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ވި 13،402 މީހުންނެވެ. އޭގެ ތެރެއިން 12،784 މީހުން މިހާރު ވަނީ މުޅިން ރަނގަޅުވެފައެވެ. ރަނގަޅުވި މީހުންގެ އިންސައްތަ އަކީ 95.39އެވެ.

ކޮވިދްގެ ވަބާ މިހާރު ރާއްޖެއިން ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައެވެ. އެގޮތުން އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 10 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 7 މީހަކާއި އަތޮޅުތެރެއިން 1 އަދި އަދި ރިސޯޓަކުން 2 މީހުންނެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ މިހާރުގެ ޖުމްލައަކީ 561 އެވެ. މީގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 54މީހަކަށެވެ. މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ  48 މީހެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top