ނޭހާކައްކާރު ބަނޑުބޮޑެއް ނޫން!

neha_kakkar_pregnant.jpg

ބޮލީވުޑްގައި ހުކުރުދުވަހުގެ ބޮޑު ޚަބަރެއްގެ ގޮތުގައި ފެތުރިގެން ދިޔައީ ހިންދީ ރޮކް ލަވަކިއުންތެރިޔާ ނޭހާ ކައްކާރު ބަނޑު ބޮޑުކަމުގެ ވާހަކައިންނެވެ.

ނޭހާ ބަނޑުބޮޑުވާހަކަ ފެތުރިގެން ދިޔައީ މިއަދު ހެނދުނު އޭނާގެ އޮފިޝަލް އިންސްޓަގްރާމު އެކައުންޓްގައި ހިއްސާ ކުރި ފޮޓޯ އަކާއި ގުޅިގެންނެވެ. އެ ފޮޓޯގައި ނޭހާ އަމިއްލަ ބަނޑުގައި ހިފަހައްޓާލައިގެން ހުރިއިރު، ފަހަތުގައި ފިރިމީހާ ރޯހަން ޕްރީތު ހުއްޓެވެ. އެފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ “ރައްކާތެރިވެ އުޅުމަށެވެ.”

އެޕޯސްޓަށް ރޯހަން ކުރި ކޮމެންޓެއްގައި ”ދެން މާބޮޑަށް ހަށިގަނޑަށް ބަލައިގެން އުޅުމަށް ” ބުނެފައިވެއެވެ.

އެކަމަކު އެއިން އެކަކުވެސް ނޭހާ ބަނޑުބޮޑުކަނމަކަށް ބުނެފައެއް ނުވެއެވެ. ނޭހާގެ ބޭބެ ޓޮނީ ކައްކާރުވެސް ކޮމެންޓްކޮށްފައިވަނީ” އަހަރެން ބޮޑުބޭބެއަކަށް ވަނީ” ކަމަށެވެ.

ޕަންޖާބީ މިއުޒިޝަން ރޯހަންޕްރީތު ސިންގް އާއި މިދިޔަ އޮކްޓޯބަރު މަހުގެ 24ގައި ކައިވެނި ކުރި ނޭހާ ބަނޑުބޮޑު ވާހަކަ ފެތުރުގެން ދިޔައީ ކައިވެންޏަށް ފަހު ހަނީމޫންގެ ދުވަސްތައް ޑުބާއީގައި ހޭދަކުރުމަށްފަހު ސޮނީ ޓީވީގެ “އިންޑިއަން އައިޑޮލް” ސީޒަން 12 އާ ނޭހާ ގުޅިފައި ވަނިކޮށެވެ.

އެހެންނަމަވެސް މެންދުރު ފަހުން ދެމީހުން އެކުގައި އެއާޕޯޓުން ފެނުނު އިރު ނޭހާ ބަނޑުބޮޑުކަމަށް ނުދައްކާތީ އެންމެންގެ ސަމާލުކަން ނޭހާއަށް ހުއްޓުނެވެ.

މިވީ ގޮތަކީ ނޭހާ ބަނޑުބޮޑު މި ފޮޓޯއަކީ މި ދެތަރިން އެކުއގައި ފެނިގެންދާ ލަވަ ”ކްޔާލް ރައްކާކަރް“ ގެ ޕްރޮމޯޝަންގެ ފޮޓޯއެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top