ކަރަންޓީނު ވުމުގައި އަތޮޅުތެރެއާއި މާލެ ތަފާތު ވަނީ ކީއްވެ؟

WhatsApp-Image-2020-12-16-at-22.31.24-1.jpeg

ޑރ.ނަޒްލާ : ވިދާޅުވަނީ އަތޮޅު ތެރެއަށްދާއިރު ކަރަންޓީން ވާންޖެހެނީ ރަށްރަށުގެ ރައްކާތެރިކަމަށްޓަކާ ކަމަށް.

ކޮވިޑްގެ ބަލިމަޑުކަމުގައި ކަރަންޓީނު ވާންޖެހޭ ހާލަތްތަކުގައި މާލެއާއި އަތޮޅުތެރެ ތަފާތު ކުރާތީ އެޝަކުވާ ވަރަށް ގިނައިން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ލިބޭ ކަމަށް އެ ސެންޓަރުގެ ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ. އޭގެ ޖަވާބު އޭނާ ވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ދެއްވާފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓިނު ވުމުގައި މާލެއާއި އަތޮޅުތެރެ ތަފާތު ކުރުން ގެންގުޅެނީ އަތޮޅު ތެރޭގެ ރައްކާތެރިކަމަށް ޓަކާ ކަމަށެވެ.

“މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އަދިވެސް އެބައޮތް. އެހެންވީމާ ރިސްކުވެސް ބޮޑުވާނެ. ފެށުނީއްސުރެ އެންމެ މުހިންމު ކަމެއް ބަލާފަ މިއޮތީ އަތޮޅުތެރޭގެ ރަށްރަށަށް ބަލި ދިއުމުން ރައްކާތެރިކުރުން. ކުރިން ވެސް ފާހަގަކޮށްފަވާނެ މާލެއިން އަތޮޅުތެރެއަށްދާ މީހުން ކަރަންޓީން ވުމުގައި ވެސް އުސޫލުތައް މިހުރީ އެހެންކަން. ރަށްތައް ވީހާވެސް ބޮޑަކަށް ޕްރޮޓެކްޓުކޮށް، ރައްކާތެރިކުރުމުގެ ނިޔަތުގައި އަތޮޅުތެރެއަށްދާ ފަރާތްތަކުން ކަރަންޓީންވާން ޖެހެނީ،” ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގައި އޮތްފަދަ ކޮމިއުނިޓީ ސްޕްރެޑެއް އަތޮޅުތެރޭގައި ފެތުރެން ބޭނުން ނުވާ ކަމަށާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރަމުން މިއަންނަނީ އެ އުސޫލަށް ކަމަށެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އެޗްޕީއޭ އިން އިއްޔެ ވަނީ އަނެއްކާވެސް ލުއިތަކެއް ދީފައެވެ. އެގޮތުން ދިން ލުއިތަކުގެ ތެރޭގައި މިމަހުގެ 20 އިން ފެށިގެން ދިވެހިން އަދި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކުން، އެމީހަކު ދަތުރު ދަތުރުފަށާ ބަނދަރުން ފުރާއިރު ނެގެޓިވް ޕީސީއާރަކާއެކު ރާއްޖެ އަންނަނަމަ، ކަރަންޓީންވާން ނުޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

އެކަމަކު ނެގެޓިވް ޕީސީއާރެއް ނެތި ރާއްޖެ އަންނަ މީހުން، ރާއްޖެ އައިސް އެ ޓެސްޓު ހަދަންދެން ތިބެންޖެހޭނީ ކަރަންޓީނުގައި ކަމަށް ބުނެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top