ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

big_WQRzmYU3IyRnzWrbBumkrWr7I.jpeg

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގަމުން އަންނަ ރެޑްވޭވްގެ 15 ފިހާރައިގައި މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިިފި އެވެ. 

ރެޑްވޭވް މެގަމޯލްގައި މިކަމަށް ބޭއްވި ޚާއްސަ ހަފްލާ އެއްގައި މި ލަކީޑްރޯގެ ގުރުއަތުލުމުގައި ޖުމްލަ 11 ނަސީބުވެރިން ހޮވިއެވެ.

މިޕްރޮމޯޝަންގައި ކަސްޓަމަރުންކުރި 500ރ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއްވަނީ ދޫކުރެވިފައެވެ. މީގެ އެތައްހާސް ކޫޕަންގެ ތެރެއިން ރެޑްވޭވްގެ ބްރޭންޑްތަކުން ފަސް އިނާމު ހައްގުވާ ފަސް މީހުން ވަނީ ހޮވާފައެވެ. މީގެ އިތުރުންވެސް 10،000ރ ފައިސާގެ އިނާމު ހައްގުވާ 5 މީހުން ވެސް ހޮވިއެވެ. އަދި މުބާރާތުގެ އެންމެ އަގުބޮޑު އިނާމް؛ 100،000ރ ގެ ފައިސާގެ އިނާމް ލިބޭ ނަސީބުވެރި ފަރާތްވެސް ވަނީ މި ރަސްމިއްޔާތުގައި ހޮވާފައެވެ. މި އިނާމު ލިބުުނީ އަހްމަދު (ކޫޕަން ނަމްބަރު: 0016422)އަށެވެ.

އަދި މީގެ އިތުރުންވެސް ރެޑްވޭވްއިން ވިއްކާ ބްރޭންޑްތަކުން ގުރުއަތުން ހޮވާލެވުނު 5 ފަރާތަކަށް އަގުހުރި އެތައް އިނާމުތަކެއް ލިބިގެން ދިޔައެވެ.

ރެޑްވޭވްގެ ފޭސްބުކް ޕޭޖުން މި އިވެންޓް ވަނީ ވަގުތުން ދައްކާފައިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top