ސީސީ އިން އޭދަފުށީގައި ކްރިކެޓް މުބާރާތެއް

Untitled-1.jpg

އޭދަފުށީގެ ޖަމިއްޔާ އެއް ކަމުގައިވާ ކްލަބް ކޮންބިނޭޝަން (ސީސީ ) ގެ ފަރާތުން ބ. އަތޮޅުގެ ރިސޯޓް ތަކަށް ހުޅުވާލައިގެން ”އިންޓަ ރިސޯޓް ކްރިކެޓް ޓޯނަމަންޓް“ ގެ ނަމުގައި އޭދަފުށީގައި ކްރިކެޓް މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

މި މުބާރާތް ބާއްވަން ނިންމާފައިވަނީ މި މޭމަހުގެ 10 އަކުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް އޭދަފުށީގެ ކުރީގެ ފުޓްބޯޅަ ދަނޑުގައެވެ.

މުބާރާތް ފެށުމުގެ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރުވަނީ ނިމި ގުރުއަތުލުން ވެސް ބާއްވައިފައެވެ.

މި މުބާރާތުގައި ބ.އަތޮޅުގެ 6 ރިސޯޓަކުން ބައިވެރިވެއެވެ. އެއީ؛

1. ފިނޮޅު ބ އަތޮޅު މޯލްޑިވްސް
2. ދުސިތު ތާނީ މޯލްޑިވްސް
3. ވެސްޓިންގ މިރިޔަންދޫ
4. މިލައިދޫ މޯލްޑިވްސް
5. ސޮނޭވާފުށި
6. އަމިއްލަ މޯލްޑިވްސް.

މިމުބާރާތުގެ ގްރޫޕް ސްޓޭޖް ގެ ދެ މެޗު ކޮންމެ ދުވަހަކު ކުޅުމަށް ހަމަޖެހިފައިވާއިރު ގްރޫޕް މެޗުތައް ނިމޭނީ 12 މޭ ގައެވެ.
ސެމީގެ ދެމެޗު އޮންނާނީ މޭ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ފައިނަލްމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި 16 ގައެވެ.

ސީސީ އިން ބާއްވާ މި ކްރިކެޓް މުބާރާތަކީ އޭދަފުށީގައި މުޅިން އަލަށް ބޭއްވޭ މިފަދަ ފުރަތަމަ މުބާރާތެވެ. ސީސީ އިން ބުނީ ކުރިމަގުގައިވެސް މިފަދަ މުބާރާތްތަކާއި އާ ކުޅިވަރުތައް ތައާރަފް ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top