ރޮހިންޔާ ފަންޑަށް އެއްހަފްތާގެ ތެރޭގައި އޭދަފުށިން ބައިލައްކައަށްވުރެ ގިނަ ރުފިޔާ

21742819_584630098327941_5147143407771653005_n.jpg

ހާލުގައި ޖެހިފައިވާ ރޮހިންޔާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން އޭދަފުށީ ކައުންސިލްގެ ފަރާތުން ބެހެއްޓި ފަންޑު ފޮއްޓަށް އެއް ހަފްތާގެ ތެރޭގައި ލިބިފައިވަނީ 56095.75ރުފިޔާ އާއި 299 ޑޮލަރު ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ބެހެއްޓި ފަންޑު ފޮށިން  އެއްހަފްތާގެ ތެރޭގައި ލިބުނު ފައިސާ ގުނާފައިވަނީ މިއަދު މެންދުރު ފަހުއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލު ވިދާޅުވީ ފަންޑުފޮށި ބަންދުވީ ނޫންކަމުގައާއި ފަންޑުފޮށި މެދުވެރިކޮށް އެހީވުމުގެ ދޮރު އަދިވެސް އޮތީ ހުޅުވިފައިކަމުގައެވެ.

އޭދަފުށި ނޫނަސް ބ.އަތޮޅުގެ ރަށްރަށުގައި ރޮހިންޔާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ތަފާތު ހަރާކާތް ތަކެއް އަންނަނީ ހިންގަމުންނެވެ. މި ކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެރަށްރަށުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top