ރ.ވަންދޫއަށް އޭދަފުށީގެ ކުނި ގެންދާކަށް އަދި ނުފަށަން -ރައީސް ތޮލާލު

5-800x451-800x451.jpg

އޭދަފުށީ ކުނިކޮއްޓަށް ޖަމާވެފައިވާ ކުނިތަކެއް / އީވީ ފައިލް ފޮޓޯ

ރ. ވަންދޫއަކީ އުތުރުގެ ހަތަރު އަތޮޅު ކަމުގައިވާ ނރބޅ ގައި އުފެދޭ ކުނި ނައްތާލުމުގެ ނިޒާމު ގާއިމް ކޮށްފައިވާ މަރުކަޒު ހުންނަ ރަށް ކަމަށް ވިޔަސް އޭދަފުށީގައި އުފެދޭ ކުނި ނައްތާލުމަށް ވަންދޫއާ ހަމައަށް އަދި ނުގެންދާކަމަށް އޭދަފުށީ ކައުންސިލުން ވިދާޅުވެއެޖެއެވެ.

ނ.ރ.ބ.ޅ މިއަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށުންނާއި މި ތިން އަތޮޅުގައި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރަމުންދާ ރަށްރަށުން މިހާރުވެސް އެރަށުގައި އަންނަނީ ކުނި ޖަމާކޮށް ނައްތާލަމުން ކަމުގައި ޕީއެސްއެމް ގައި ޝާއިއުކޮށްފައިވާ ޚަބަރާ ގުޅޭ ގޮތުން އެކަމުގެ މައުލޫމާތު ސާފުކުރުމަށް އީވީގެ ފަރާތުން އޭދަފުށީ ކައުންސިލަށް ދެންނެވުމުން ކައުންސިލްގެ ރައީސް ތޮލާލު ވިދާޅުވީ އޭދަފުށީގައި އުފެދޭ ކުނި އަދި ވަންދޫއަށް ނުގެންދާ ކަމުގައެވެ. އެހެންނަމަވެސް އެއީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމާ ބެހޭ މަޝްވަރާތައް ދާދި ފަހުންވެސް ކުރެވިފައިވާ ކަމަށާއި އުއްމީދު ކުރައްވަނީ ލަސްތަކެއް ނުވެ ފެށިދާނެކަމުގައެވެ.

އުތުރުގެ ތިން އަތޮޅުގައި އުފެދޭ ކުނި ނައްތާލުމުގެ މައި މަރުކަޒަކަށް ވަންދޫ ހަމަޖެހިފައިވާއިރު ކުނި ހިފައިގެން އަންނަ އޮޑި ދޯނިފަހަރަށް ފަސޭހަވާނެ ގޮތަށް ރަނގަޅު ފެންވަރެއްގެ ބަނދަރެއްގެ އިތުރުން އެރަށަށް ގެންނަ ކުނި އެންދުމަށްފަހު އެތަކެތި ރަނގަޅުގޮތުގައި ނައްތާލެވޭ ފެންވަރުގެ ޒަމާނީ ވަސީލަތްތަކެއް އެރަށުގައިވަނީ ގާއިމް ކުރެވިފައެވެ. އެންވަޔަރން މިނިސްޓަރ ދާދި ފަހުން ޕީއެސްއެމް އަށް ދިން އިންޓަވިއު އެއްގައި ވިދާޅުވީ މިހާރުވެސް ދުވާލަކަށް ސާޅިސް ޓަނުގެ ކުނި އެންދޭވަރުގެ އިންސިނިރޭޓަރެއް ގާއިމްކޮށްފައިވާ ކަމަށާއި އެރަށަކީ ސަރުކާރުން ސަރަޙައްދީ ފެންވަރުގައި ކުނި ނައްތާލުމަށް ގިނަ މަޝްރޫއުތަކެއް ހަމަޖައްސަމުން އަންނަ ރަށެއްކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top