އަހުލާގީ ގޮތުން ދިވެހިން ސާބިތުވެ ތިބި ހުރިހާ މިންތައް މުގުރާ ހަލާކުކޮށްފި: ރައީސް ޔާމީން

QdhPeo0aEWxnmAWitnqp1Jzi259FTzblhkfv2mQp.jpg

އަހުލާގީ ގޮތުން ދިވެހިން ސާބިތުވެ ތިބި ހުރިހާ މިންތައް މުގުރާ ހަލާކުކޮށް ސުންނާފަތި ކުރަމުންދާ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސް ތަކަކަށްފަހު ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހީން ބަލައިގެންފައިވާ ދުސްތޫރީ ހަމަތައް ނިޒާމީ ގޮތެއްގައި ރޫޅާ ހަލާކު ކުރަމުންދާ ކަމަށެވެ. މިއީ ބަޔަކު އެނގި ތިބެ ގަސްތުގައި ކުރަމުންދާ ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ހޭ އަރަންވީ ވަގުތަކީ މިއީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ގާނޫނޫ އަސާސީގައި ބަޔާންކުރާ ދީމިގްރާތީ އުސޫލުތައް ވަރަށް ބޮޑަށް ރޭވިގެން ހިންގާ ތަރުތީބެއްގެ ދަށުން ގައުމަށް ޣައްދާރުވެފައިވާ ވެރިއަކު އަންނަނީ ފުލުހުންގެ އިސް ވެެރިންނާ ގުޅިގެން ނެތިކޮށްލަމުންނެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެކަން އެ މަގުން ހިނގަނީ ދިވެހިންނަށް ގަނާ ކުރަމުން އަންނަ އަވަށްޓެރި އިންޑިއާގެ ނުފޫޒުންނެވެ. އެމަނިކުފާނުގެ ޓުވީޓު އަމާޒު ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކޯލިޝަންގެ ބައިވެރިންނަށެވެ.

މިއަދު އެކަންކަމަށް އަތް ޖަހައި ބަޔަކު ތަރުހީބު ދިނެއް ކަމަކު އިސާހިތަކު މިދުވަސްވެސް ހިނގައިދާނެ ކަމުގައި ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ސަރުކާރުން ގެންދަނީ ރާއްޖޭގެ ގަދަރު ހުރި މުގައްދަސު ހުރިހާ އަގުތަކާއި އަހުލާގީ ގޮތުން ދިވެހިން ސާބިތުވެ ތިބި ހުރިހާ މިންތައް މުގުރާ ހަލާކުކޮށް ސުންނާފަތި ކުރަމުން ކަމަށެވެ.

ރައީސް ޔާމިން ގެ ވާހަކަ ފުޅުގައި އެއިޝާރާތް ކުރައްވަނީ ދިވެހީންގެ ބަޔަކާއި ބިދޭސީއަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތަކެއް އާންމުވެ އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށް ބެލެވެއެވެ.

އެކަމާއި ގުޅިގެން މިހާތަނަށް ވެސް އެކަން ކުރި މީހުން ހައްޔަރު ނުކުރާތީ ގިނަ ބައެއްގެ ފަޑުކިއުން ވަނީ އަމާޒުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top