އަޔުޝްމަން ގެ އަންހެނުން ތޯހިރާވެސް ކެންސަރުގެ ޝިކާރަ އަކަށް

aayushmann_khurana_tahira_kashyap.jpg

އަޔުޝްމަން އާއި އަންހެނުން ތޯހިރާ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަޔުޝްމަން ކުރާނާ ގެ އަންހެނުން ތޯހިރާވެސް ބްރެސްޓް ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކަމަށް އޭނާ ބުނެފިއެވެ. މިކަމާގުޅިގެން އާދިއްތަ ދުވަހު އޭނާ އިންސްޓގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

“އަހަރެން މިހާރު މިދަނީ ބްރެސްޓް ކެންސަރަށް ފަރުވާ ހޯދަމުން. އެހެންނަމަވެސް އެއީ ލެވެލް 0 ގައި ކަމުން އުއްމީދު އެބައޮތް ރަނގަޅުވެގެން ދިރިއުޅުމާ ކުރިމަތި ލެވޭނެ ކަމަށް. މިވަގުތު ގާތް މީހުންނާ އަހަރެން ދެކެ ލޯބިވާ މީހުންގެ ފަރާތުން ލިބެމުން އަންނަ ހެޔޮ އެދުންތަކާ ހިތްވަރުގެ ބަސްތަކަށް ޝުކުރު އަދާ ކުރަން. ”

އޭނާ ބުނެފައިވަނީ މި ޚަބަރަކީ އަޑުއަހަން ފަސޭހަ ޚަބަރެއްކަމުގައި ނުވިޔަސް މި ޚަބަރު ދޭން ޖެހެނީ ކެންސަރާ މެދު ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top