މިއީ ގަބޫލު ކުރެވޭ ވަރުގެ ނަތީޖާ އެއް ނޫންކަމާއި މިކަމުގެ ޒިންމާ ޕީޕީއެމްގެ ލީޑަރޝިޕް އުފުއްލަން ޖެހޭނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު (ރެޑްވޭވް ސަލީމް )ޕީޕީއެމްގެ ލީޑަރޝިޕަށް ވަރށް ބޮޑަށް ފާޑު ވިދާޅުވެ އެބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފި އެވެ.
އޭދަފުށި ވޮއިސް އާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މި ބޮޑު ނާކާމިޔާބީ ބަލައިނުގަނެވޭނެ ކަމަށާއި ބޮޑު ތަނުން ބަލިވާން ދިމާވީ ޕީޕީއެމް ލީޑަރޝިޕް ގެންގުޅުނު ދޯހަޅި ސިޔާސަތުގެ ކަމުން ކަމަށެވެ.
“އެހެންވީމާ އަޅުގަނޑު އެދެނީ ޕާޓީގެ ދެ ނައިބު ރައިސުންކަމަށްވާ އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އިސްތިއުފާ ދެއްވުމަށް ފަހު ޕާޓީ ހިންގޭވަރުގެ ގާބިލް ބަޔަކާ ހަވާލު ކުރެއްވުން. އެވަރުގެ ބޭފުޅުން އެބަތިއްބެވި. މި ނަތީޖާ އަކީ ޕީޕީއެމްގެ ލީޑަޝިޕް ހަމަ ރަނގަޅަށްވެސް ފެއިލްވެއްޖެކަން އަންގައިދޭ ނިޝާނެއް “ސަލީމް ވިދާޅުވި އެވެ.
އޭނާ އެދިވަޑައިގެންނެވީ ޕީޕީއެމްގެ ހުރިހާ މެންބަރުންނަށް ލިބުނު މި ނާކާމިޔާބުގައި ކެތްތެރިވެވަޑައިގެން އާ ލީޑަރޝިޕަކާއެކު ކުރިއަށް ދިއުމަށް އިންތިޒާރު ކުރެއްވުމަށެވެ.
ކިޔުންތެރިންގެ ޚިޔާލު