”ހުސްނުވާ” އާސަންދައަށް ދިން ބަޖެޓު ހުސްވެއްޖެ!

large_14731505755nqWN.jpg

ހުސްނުވާ އާސަންދަ ލޯންޗް ކުރުމުގެ ހަފްލާގެ ތެރެއިން -- ސަން ފޮޓޯ

މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓު މިދިޔަ މަހު ހުސްވެ، އިތުރަށް ހޭދަކޮށްފައިވާކަން ހާމަ ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއް ފަހަރު އާންމު ކުރާ ދައުލަތުގެ މާލީ ހާލަތުގެ މިދިޔަ ހަފްތާގެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އާސަންދައަށް 1.08 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓްގައި އާސަންދަ އަށް ކަނޑައަޅާފައި ވަނީ އެއް ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރަށް ފާސްކުރި ބަޖެޓުގައި އާސަންދައަށް ހަރަދުކުރަން ކަނޑައެޅި އެއް ބިލިއަން ރުފިޔާގެ ބަޖެޓަށްވުރެ 84 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އާސަންދައިގެ ބަޖެޓު ނޮވެމްބަރު މަހުގެ ތެރޭ ހުސްވިއިރު، އޮކްޓޫބަރު މަހު ސަރުކާރުން ވަނީ ރާއްޖޭން ބޭރުގައި އުޅޭ ދިވެހިންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ “މެރަނ” އިންޝުއަރެންސް ސްކީމް މެލޭޝިއާއަށް ވެސް ފުޅާކޮށްފަ އެވެ.

އެ ސްކީމުގައި އިތުރަށް ހިމެނޭ ގައުމުތަކަކީ އިންޑިއާ އާއި ސްރީލަންކާ އެވެ.

މީގެ އިތުރުން ސަރުކާރުގެ ދަތުރުތަކަށް މިއަހަރު 142.1 މިލިއަން ރުފިޔާ ހަރަދުކުރަން ބަޖެޓުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ނޮވެމްބަރު 28 ގެ ނިޔަލަށް ސަރުކާރުގެ ދަތުރުތަކަށް 188.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ނަމަވެސް ބައެއް ހަރަދުތަކަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ މަދުން ހަރަދުކޮށްފައިވުމާއެކު، މިއަހަރަށް ފާސްކުރި 31.9 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ބޭނުންކޮށްފައިވަނީ 25.7 ބިލިއަން ރުފިޔާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top