އުރީދޫ “އެކު” ޕޯސްޓްޕެއިޑް ޕެކޭޖުތައް ތަޢާރަފް ކޮށްފި

ekupostpaid-twitter-1024x512.png

އިތުރު އެލަވަންސް ތަކަކަާއެކު އުރީދޫއިން މުޅިން އައު ޕޯސްޓްޕެއިޑް ޕެކެޖްތަކެއް ތައާރަފް ކޮށްފި އެވެ.

“އެކު”ގެ ނަމުގައި ތައާރަފްކުރެވުނު މި ޕޯސްޓްޕެއިޑް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ޑޭޓާ އެލަވަންސް އިތުރުވެ، އެންމެ ފަހުގެ މޮބައިލް ފޯންތައް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ބައްލަވައިގަތުމުގެ ފުރުސަތު ލިބުމާއެކު ތަފާތު އެކި ފައިދާތައް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ. އެވެ.

އުރީދޫ ޕޯސްޓްޕެއިޑް ބިޒްނަސް މެނޭޖަރ ދިޔާނާ އަފީފް ވިދާޅުވީ، ރާއްޖޭގެ އެންމެ މަގްބޫލު ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް އިތުރު ފުރިހަމަކަމެއް މިހާރު މިވަނީ ގެނެވިފައިކަމަށާ ކަސްޓަމަރުންގެ ބޭނުންތަކަށް ބެލުމަށް ފަހު، އެންމެ ގުޅޭގޮތަށް އެކުލަވާލެވިފައިވާ ޕޯސްޓްޕެއިޑް ޕެކޭޖްތައް މެދުވެރިކޮށް، ކުރިޔަށް ވުރެ ގިނައިން ޑޭޓާ އެލަވަންސް ލިބި، ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

” “އެކު” ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އުރީދޫ މޫލީ ބޭނުންކުރައްވައިގެން ޑިޖިޓަލްކޮށް ބާޒާރުކުރުމުގެ ޚިދުމަތާއި، އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއި އެކު ބިލް ދެއްކުމާއި، އުރީދޫ ނެކްސްޓް، ސޯޝަލް މީޑިޔާ އަދި ޗެޓްއިން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ.” އުރީދޫގެ ޕޯސްޓްޕެއިޑް ބިޒްނަސް މެނޭޖަރ، ދިޔާނާ އަފީފް ވިދާޅުވިއެވެ.

އުރީދޫ ‘އެކު’ ޕޯސްޓްޕެއިޑްގެ ޚިދުމަތްތަކާއި ފައިދާތައް ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ore.do/postpaidއަށް ޒިޔާރަތްކުރެއްވުމުން އުރީދޫ ޕޯސްޓްޕެއިޑް ޚިދުމަތްތަކާއި ގުޅޭ ތަފްސީލްތައް ލިބިވަޑައިގަންނަވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top