ނާސްތާ ޕްރޮގްރާމް އަންނަ އަހަރު އަލުންފަށާނެ

kendhoo-school-or34404ooeznxz97qt6l8nh0vz1cxnmud8idoqe8hc.jpg

ކެންދޫ ސްކޫލް ދަރިވަރުން ހެނދުނު ނާސްތާ ގަޑީގައި ސްކޫލްގައި--

ސްކޫލް ކުދިންނަށް ދެމުން އައި ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާ ކޮށް އަންނަ އަހަރު އަލުން ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

އެކަން ހާމަކޮށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސްކޫލްތަކުގައި ކިޔަވާ ހުރިހާ ކުދިންނަކީ ވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ފަހިވެފައިވާ ކުދިންނަށް ހެދުމަށް ސަރުކާރުން ފެށި ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް އަންނަ އަހަރު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، ތައުލީމީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ ވަނީ ހަމަ ޖައްސާފައެވެ. އަދި ނާސްތާގެ ކަންކަމަށް ބަޖެޓުން 135 މިލިއަން ރުފިޔާ  ކަނޑައަޅާފައި ވެއެވެ.

އަމީރު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ފެންވަރު ރަނގަޅު ތައުލީމެއް، ދަރިވަރުންގެ އަމިއްލަ ފަސްގަނޑުގައި ތިބެގެން ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

މި ސަރުކާރުން ނާސްތާ ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ވަކި ހިސާބަކުން އެ ޕްރޮގްރާމް ވަނީ މެދު ކަނޑާލާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top