ބ.އަތޮޅުގައި މެޑިކަލް އައި ކޭމްޕެއް ބާއްވަނީ

CSR-Eye-camp-03.jpg

ބ.އަތޮޅުގެ ހުރިހާ ރަށެއްގައި އޮޕްޓިކެއަރގެ ފަރާތުން މެޑިކަލް އައިކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު އޮޕްޓިކެއަރ އިން ނެރެފައިވާ ނޫން ބަޔާނެއްގައި ވާ ގޮތުން މި ހިނގާ އޮކްޓޯބަރ މަހުގެ 28 އިން ފެށިގެން ކުރިއަށް ގެންދާ މި އައި ކޭމްޕް ފުރަތަމަ އޮންނާނީ  އޭދަފުށީގައެވެ.

މި ކޭމްޕްގައި ލޯޓެސްޓް ކުރުމާއި ނަންބަރު ނެގުމުގެ ޚިދުމަތް މުޅިން ހިލޭކަމަށް އެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން އަގު ހެޔޮކޮށް ނަންބަރު އައިނު ހަދައިދިނުމާ ކޮންޓެކްޓް ލެންސް ވެސް ލިބޭނެ އެވެ.

އޮޕްޓިކެއަރގެ އަމާޒަކީ މި މެޑިކަލް އައި ކޭމްޕްތަކުގެ ސަބަބުން މާލެ ގޮސްގެން ލޯޓެސްޓް ކޮށް ނަންބަރު ނެގުމަށް ދަތިވާ ބޭފުޅުންނަށް ލުއި ފަސޭހަ ކަމެއް ލިބުން ކަމުގައިވެސް އެ ނޫސް ބަޔާނު ގައި ބުނެއެވެ.

ކޭމްޕް ބޭއްވޭނީ ކޮންމެ ރަށެއްގައިވެސް އެރަށެއްގައި ހުންނަ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރގައެވެ. ކޭމްޕް ކުރިއަށް ދާނެ ގަޑިތަކާއި ދުވަސްތައް ފަހުން އިއުލާނު ކުރެވޭނެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ނުވަތް އެނޫން ވެސް ކަމެއް ދިމާވެ ކޭމްޕްގެ ތާރީޚަށް ބަދަލެއް އަތުވެއްޖެ ނަމަ އޮޕްޓިކެއަރގެ ފޭސްބުކް ޕޭޖްގައި އިއުލާނު ކުރެވޭނެއެވެ. އަދި އެރަށެއްގެ ސިއްހީ އިދާރާ އަށް ވެސް އެންގޭނެ އެވެ.

އިތުރު މައުލޫމާތު ހޯދުމަށް އަހުމަދު މާހިދު ، ފޯން ނަންބަރު 7696982 އަށް ގުޅުއްވުމަށް އޮޕްޓިކެއަރ އިން އެދެއެވެ.

އޮޕްޓިކެއަރގެ ފަރާތުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި މި އަހަރު ވަނީ މެޑިކަލް އައިކޭމްޕް ބާއްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top