މިއީ އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން އެންމެ ރަނގަޅު ވަގުތެއް ނޫން :އެމްޕީ ސަލީމް

DSCN0821.jpg

އެމްޕީ ސަލީމް އޭދަފުށީގައި -އީވީ ފައިލް ފޮޓޯ

ކުއްލިއަކަށް އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން އުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާ މިއީ އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަދި މަޝްހޫރު މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދުސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ވިދާޅުވީ ރޭ “މިހާރު “ނޫހަށް ދެއްވި ބަސްދީ ގަތުމެއްގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހަމަ މަގަށް އެޅުވުމަށްޓަކައި އެންޓި ޑިފެކްޝަންގެ ގާނޫނެއް ވަރަށް މުހިންމު ކަމަށާ ޚާއްސަކޮށް މެންބަރުން ޑިސިޕްލިން ކުރުވުމަށް އެ ގާނޫނުން މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުންނަށް މިނިވަން ކަމާ އެކު، މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ އެވެ. އަދި ވިދާޅުވީ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމުގައި ޕާޓީގެ ސުލޫކީ ކޮމިޓީން ހަރުދަނާ ނިޒާމެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި އަހަރުގެ މާޗް މަހު އަމަލުކުރަން ފެށި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމާ ބެހޭގޮތުން ސަލީމް ވިދާޅުވީ އެ ގާނޫނު އުވައިލުމުގެ ބަދަލުގައި އިސްލާހުތަކެއް ގެނެސްގެން އެ ގާނޫނު ވުޖޫދުގައި އޮންނަން ޖެހޭނެ ކަމުގައެވެ.

އެގާނޫނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީ އަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމުގައެވެ.

ޕީޕީއެމުން އިސްވެ މަޖިލިހުން ފާސް ކުރި އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ އެ ޕާޓީގެ މެމްބަރު ރިޔާޒް ރަޝީދެވެ.

“މިހާރު” އާ ވާހަކަ ދައްކަވަމުން ސަލީމް ރޭ ވިދާޅުވީ ޕާޓީއެއްގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކު ބޭނުން ނުވާ ގޮތަށް ކަމެއް ކުރުމުގެ ސަބަބުން ސުލޫކީ ފިޔަވަޅު އަޅައިގެން، މަޖިލީހުގެ މެމްބަރަކު ފަސޭހަކަމާ އެކު ކަނޑާލެވޭ ނިޒާމެއް އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި، އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބަދަލުގައި ހަރުދަނާ އިސްލާހުތަކެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top