އިންޑިއާގައި ޓްރޭނިން ހަދަމުން ދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެ

MNDF.jpg

އިންޑިއާގައި ތަމްރީނު ހަދަމުން ދިޔަ ދިވެހި ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އިންޑިއާގައި ތަމްރީނު ހަދަމުން ދިޔަ ދިވެހި ސިފައިންގެ މީހަކު މިއަދު މެންދުރު ފަހު ނިޔާވެފައިވާ ކަމަށެވެ. އަދި ނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ އއ. ހިމަންދޫ/ ރޯޒް މީޑް، ޕްރައިވެޓް މުހައްމަދު ސުލްތާން ކަމަށެވެ.

ޕްރައިވެޓް މުހައްމަދު ސުލްތާން ތަމްރީނު ހަދަމުން ގެންދިޔައީ އިންޑިއާގެ ނެޝަނަލް ޑިފެންސް އެކެޑަމީގައެވެ.

އެމްއެންޑީއެފުން ބުނީ އެ މީހާގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top