މިނިވަން50 ޗެމްޕިއަން ޝިޕްގެ ޒޯން ފައިނަލް ބުރުގެ މެޗްތައް ކުޅުމަށް އޭދަފުށީ ފުޓްބޯޅަ ޓީމް މިއަދު ތިމަރަފުށްޓަށް ދިއުމުން ހޫނު މަރްހަބާ އެއް ކިޔައިފިއެވެ. ޓީމްގެ ކުޅުންތެރިއަކު ބުނީ ތިމަރަފުށީ ރައްޔިތުންގެ ފަރާތުން ޓީމަށް ކީ މަރްހަބާއަށް ޓަކައި ޝުކުރު އަދާކުރާ ކަމަށާއި ހުރިހާކަމެއް ވެސް ދަނީ ވަރަށް ރަނގަޅަށް ކަމުގައެވެ.
މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ 8 ޓީމްގެމެދުގައި މެޗްތައް ކުޅެން ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ގްރޫޕް2 ގައި ހިމެނޭ އޭދަފުށި ކުޅެންޖެހޭ ފުރަތަމަ މެޗުގައި އޮކްޓޯބަރ 29 ވަނަ ދުވަހު ބައްދަލުކުރާނީ ހަނިމާދޫ އާއެވެ. ނޮވެމްބަރ 1 ވަނަ ދުވަހު އޮންނަ ދެވަނަ މެޗުގައި އޭދަފުށްޓާ ދެކޮޅަށް ނުކުންނާނީ ލަންދޫއެވެ. ނޮވެމްބަރ 4ވަނަ ދުވަހު ގްރޫޕްގެ ފަހު މެޗުގައި އޭދަފުށި ނުކުންނާނީ ތިމަރަފުއްޓާ ދެކޮޅަށެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މާލޭގައިކަމަށް އެފްއޭއެމް އިން ކުރިން ވަަނީ ބުނެފައެވެ.