މޯލްޑިވިއަން އައިޑޮލް ސީޒަން 2 ގެ އޮޑިޝަން އޭދަފުށީގައި ފެށުމަށް ތައްޔާރު!

TOP12.jpg

މޯލްޑިވިއަން އައިޑޮލް ސީޒަން 1ގެ ޓޮޕް12

ދިވެހި ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އަދި ރާއްޖޭގައި މިހާ ތަނަށް  ބޭއްވި އެންމެ ބޮޑު ރިއަލިޓީ ޝޯ “ މޯލްޑިވިއަން އައިޑޮލް ސީޒަން 2ގެ އޮޑިޝަން  އަންނަ ހޮނިހިރު ދުވަހު އޭދަފުށީގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިކަމާ ބެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިމެމުން ދާއިރު މިހާރު އޭދަފުށީގައި ޕީއެސްއެމްގެ ޓީމެއްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އޭދަަފުށީ މަލްޓި ޕާޕަސް ބިލްޑިންގ ގައި ބޭއްވުމަށް ނިންމާފައިވާ ނިންމާފައިވާ މި އޮޑިޝަން ގައި ބައިވެރިވުމަށް  އެސްއެމްއެސް ފޮނުވާ ފައިވާ ފަރާތްތަކުންނާއި މުބާރާތުގައި ބައިވެރިވާން ބޭނުން ކޮންމެ މީހަކަށްވެސް ފުރުސަތު އެބަ އޮތްކަމަށް ޕީއެސް އެމް އިން ބުނެއެވެ. އަދި އެކަމަށް އެދޭ މީހުން ހޮނިހިރުދުވަހުގެ 10ޖަހާއިރަށް އެތަނަށް ވަޑައިގަތުމަށް ޕީއެސްއެމް އިން ދައުވަތު އަރުވައެވެ.

ޕީއެސްއެމްގެ ޓީމުން ބުނީ އޭދަފުށީގެ އޮޑިޝަން އަށް ވެސް ފުވައްމުލަކާއި އައްޑޫގެ އިތުރުން ކުޅުދުއްފުށިން ލިބުނު ވަރުގެ ބޮޑު ތަރުހީބެއް ލިބޭނެކަމަށް އުއްމީދު ކުރައްވާކަމުގައެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން 2 ގެ ޖަޖުންނަކީ ފުރަތަމަ ސީޒަންގައި ވެސް ޖަޖުންގެ ގޮތުގައި ފެނިފައިވާ އުނޫޝާ އާއި ކުޑައިއްބެގެ އިތުރުން އަލަށް ތައާރަފްވާ އިސްމާއީލް އައްފާން އެވެ.

“މޯލްޑިވިއަން އައިޑޮލް ސީޒަން 2” ހުށައަލައިދިނުމަށް ހަމަޖައްސާފައިވަނީ  ކުރީ ސީޒަން ވެސް ހުށައަޅައިދެއްވި މޫސާ ވަސީމާއި އަލަށް ތައާރަފް ކުރެވޭ މަޝްހޫރު ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top