ފަޅުފަޅާއި ރަށްރަށް ކައުންސިލްތަކުގެ އިހްތިސާސް ދަށަށް

dsc05358-1536x1024-1.jpg

ގާނޫނުގައި 700 މީޓަރާއި ހަަމައަށް އިހުތިސާސް ކަނޑައެޅޭ ކަމަށް ބުނެފައިވާއިރު، އެ ބައުންޑަރީ ތެރެއަށް ވަންނަ ރަށްރަށް،  އެ ކައުންސިލްތަކާއި ހަވާލު ކުރެވޭނެ އުސޫލެއް ހެދުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ބައުންޑަރީ ތެރެއަށް ވަންނަ ރަށްތައް މިހާރުވެސް އެކި ބޭނުންތަކަށް ދޫކޮށްފައި ހުންނަ ކަމަށެވެ.

“އެހެން ނަމަވެސް އެ ދޫކޮށްފަައި ހުންނަ ބޭނުމަކަށް، ނޫނީ އެކަމަކަށް އެރަށެއް ބޭނުމެއް ނުއެއް ކުރެވޭ. އޭގެ ސަބަބުން ވަަރަށް ގިނަ ދަތިތައް ރައްޔިތުންނަށް ކުރޭ. މިހެން ހުރި ރަށްތައްވެސް އެބަ ހުރޭ. އަދި އެގޮތަށް ދޫނުކޮށް ހުރި ރަށްތައްވެސް އެބަ ހުރޭ. އަދި އެ ނޫން ބައުންޑަރީގެ ދުރުގައި ހުންނަ ފަޅު ފަޅާއި ރަށްތައްވެސް އެބަ ހުރޭ އެރަށްރަށްވެސް އެބަ ހުރޭ، އެރަށްރަށުގެ ކައުންސިލްތަކަށް، އެކި ކަހަލަ މަޝްރޫއުތައް ހިންގިއްޖެއްޔާ ފައިދާވާނެ ކަހަލަ.”.

މިގޮތުން ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަށްޓަކައި އުސޫލެއްގެ ތެރެއިން އެކަން ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި، ގައުމީ ތަރައްގީގައި މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ގޮތަށް 20 އަހަރު ދުވަހުގެ މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ގައުމީ ތަރައްގީގެ ޕްލޭންއާ އެއްގޮތަށް ތަރައްގީ މަޝްރޫއުތައް ހިންގުމަށް ވަކި ރަށަކަށް ހާއްސަކޮށް ޕްރޮޕޯސަލްތައް ހުށަހަޅަން ކައުންސިލްތަކަށް ހުޅުވާލާނެ ކަމަށާއި އެއާ އެގޮތަށް ކައުންސިލްތަކަށް އެ ރަށްތައް ދޫކުރަމުންދާނެ ކަމަށެވެ.

ނަމަވެސް، އެގޮތަށް ދޫކުރާ ރަށެއް ނުވަތަ ފަޅެއް، ވަކި ރަށަކަށް ހާއްސަކުރާނީ އަތޮޅުގެ އެހެން ހުރިހާ ރަށެއްގެ ތާއިދާއި ރުހުން ހޯދަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަން ކުރާނީ ސަރުކާރާއި ކައުންސިލްތަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިއާއެކު ރަށްރަށަށް އޭގެ ނަފާ އާއި ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށާއި އޭގެ ސަބަބުން އާމްދަނީ އިތުރު ކުރެވި ރަައްޔިތުން ބާރުވެރި ކުރެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top