ފެނަކައިގެ ބައެއް ބްރާންޗް ތަކަށް މެނޭޖަރުން ހޯދަނީ

v.jpg

ފެނަަކައިގެ 35 ބްރާންޗަކަށް މެނޭޖަރުން ހޯދަން އިއުލާންކޮށްފި އެވެ.

މިކަމާ ގުޅިގެން ފެނަކަ އިން ކުރި އިއުލާނުގައިވާ ގޮތުން މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 10 ވަނަ ދުވަހެވެ.

ސްޓޭޝަން މެނޭޖަރުންނަށް ސާވިސް އެލަވެންސް ގެ ގޮތުގައި މުސާރައިގެ 40 ޕަސެންޓް ލިބޭއިރު، ހާޒިރީ އެލަވެންސްގެ ގޮތުގައި މުސާރައިގެ 20 ޕަސެންޓް އަދި އިތުރު ގަޑީގެ އެލަވެންސްގެ ގޮތުގައި މުސާރައިގެ 40 ޕަސެންޓް ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ. މި މަގާމުގެ މުސާރަ އަކީ ދެ ފަރާތުން އެއްބަސްވާ އަދަދެކެވެ.

މި ވަޒީފާ އަށް ފޯމު ހުށަހަޅާއިރު ކުށުގެ ރިކޯޑު ހުށަހަޅަންޖެހޭނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ފެނަކަ އަށް ގިނަ އަދަދެއްގެ މެނޭޖަރުން ހޯދަން އިއުލާންކޮށްފައިވާއިރު އެ ކުންފުނިން ވަނީ ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓް އާނުކުރަން ނިންމައިފަ އެވެ. މިގޮތުން ބައެއް ރަށްރަށުގެ އިންޖީނުގެ އަދި އޮފީސް އިމާރާތުގެ މަސައްކަތް ނިމިފައިވާއިރު، އެހެން ރަށްރަށުގެ މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި ހުސްވެ ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތްކަން އެކުންފުނިން ފާހަގަ ކުރެ އެވެ.

އެ މަޝްރޫޢުތަކަށް ކޮންޓްރެކްޓު އުސޫލުން ނަގާފައިވާ ވަގުތީ މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު ރިޔާސީ އިންތިހާބާއި ދިމާކޮށް އަދި އިންތިހާބުގެ ފަހުން 30 ނޮވެމްބަރު 2023 އަށް އިތުރު ކޮށްދީފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top