ރާއްޖެތެރޭގެ ފްލެޓްތަކުގެ އަގު ކުޑަކޮށްފި!

l_1688025169165XKE.jpeg

ތުޅާދޫގައި މިހާރު ނިންމުމަށް މަސައްކަތް ކުރަމުންދާ 100 ރޯ ހައުސްގެ ތެރޭގައި ހިމެނޭ ގެއެއް--- ފޮޓޯ؛ސަން

ރާއްޖެތެރޭގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ މީހުން އެތަނަށް ދެން މަހަކު ދައްކަން ޖެހޭނީ 3,330 ރުފިޔާ ކަމަށް ކަނޑައަޅައިފި އެވެ.

މިގޮތަށް ކަނޑައެޅީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. އެއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް, ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ, ރަށްރަށުގައި ހުރި ފްލެޓްތަކާއި ހައުސިން ޔުނިޓްތަކަށް ދައްކާ މަހު ކުލި ކުޑަކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ, އަތޮޅު ތެރޭގެ ރަށްތަކުގައި ހުރި ރޯ ހައުސްތަކާއި ފްލެޓްތަކާއި ހައުސިން ޔުނިޓްތައް ދީފައި ހުރީ 5,000 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑެތި އަގުތަކުގައި ކަމަށެވެ. އެހެން ކަމުން ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި އެއަދަދުތައް ކުޑަކޮށްދޭން އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާނެ ކަން ރައީސް ހަނދުމަފުޅު އާކުރެއްވި އެވެ.

އެވައުދާއި އެއްގޮތަށް މަޝްވަރާ ކުރުމަށްފަހު, ހުރިހާ ރަށެއްގައި އަޅާފައި ހުރި ގެދޮރުވެރިކަމުގެ ހައުސިން ޔުނިޓްތަކުގެ އަގު މިިހާރު ވެސް އޮންނަ ގޮތަށް 20 އަހަރު ދުވަހަށް ކޮންމެ މަހަކު 3,330 ރުފިޔާއަށް ކުޑަ ކުރާ ގޮތަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

“އެކި އަގުތަކަށް ބޮޑުކޮށްފައި ހުރި ޔުނިޓްތަކުގެ އަގު 3,330 ރުފިޔާއަށް ކުޑަކުރާ ގޮތަށް, ހަމަ މިހާރު ވެސް އެއޮންނަ މުއްދަތު, 20 އަހަރު ދުވަހުގެ ތެރޭގައި. މާނައަކީ ވަރަށް ބޮޑުތަނުން ޑިސްކައުންޓް ލިބިގެން އެދަނީ. މިހާރު 5,000 އަށް ނުވަތަ 4,500 އަށް ރުފިޔާއަށް ހުރި އަގުތައް ކުޑަވެގެން ދާނީ 3,330 ރުފިޔާއަށް” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ, ތަންކޮޅެއް ކުރިން 2,500 ރުފިޔާއަށް ދީފައިވާ ތަންތަނުގެ އަގަކަށް ބަދަލެއް ނާންނާނެ ކަމަށާއި އެތަންތަނަށް ދައްކާ އަގަށްވުރެ ބޮޑު އަގެއް ނުނަގާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top