ކޮވިޑް-19 : ރިސޯޓު ތަކުން ރަށްރަށަށް ދަތުރުކުރުން މަނާ !

Maldives-Honeymoon-800x533_20190630091042.jpg

ރިސޯޓު ތަކުން ރަށްރަށަށް ދަތުރު ކުރުމާ ރަށްރަށުން ރިސޯޓުތަކަށް ދަތުރުކުރުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭ އިން މިރޭ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ރިސޯޓްތަކާއި، އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށާއި، ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓާލުމާއި، އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން ހުއްޓާލަން އަންގާ ކަމަށެވެ.

އެގޮތުން މިރޭ 21:00 ފެށިގެން ދިހަ ދުވަހުގެ މުއްދަތަށް އެ ފިޔަވަޅުތައް އަޅާފައި އޮންނާނެ ކަމަށް އެ އެންގުުމުގައި ބުނެފައިވެ އެވެ.

އެކަމަކު ދިވެހިރާއްޖެއިން ފުރުމަށް އެއާޕޯޓަށް ދާ ފަތުރުވެރިންނާއި، ފަތުރުވެރިން ފުރުވަން އެއާޕޯޓަށްދާ މުވައްޒިފުންނާއި، ރިސޯޓްތަކަށް މުދާ އުފުލާ އުޅަނދު ފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން މުދާ ފޯރުކޮށްދިނުމަށް ޖެޓީއާ ހަމަށް ދާ ދިއުން މި ހާލަތުން އިސްތިސްނާ ވާނެކަމަށް ބުނެފައިވެ އެވެ.

“އިސްތިސްނާ ހާލަތްތަކުގެ އިތުރުން، އަހުރެން [ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް] ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އަހުރެން އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ.” ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާފައިވާ މި އެންގުމުގައި ބުނެފައިވެ އެވެ.

އެ އެންގުމަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އިދާރާތަކާ، އާންމުންނަށް އަންގާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top