ލޮނުމެދާއި ލުބޯ : ގިނަ ބަލިތަކުގެ ޝިފާއެއް

lemon-and-garlic-the-best-combination-against-cholesterol1.jpg

ލޮނުމެދާ ލުނބޯއަކީ ހަށިގަނޑުގައި ލޭ ދައުރު ކުރުމަށާއި ލޭ ސާފުކުރުމުގެ އިތުރުން ކެންސަރުން ސަލާމަތް ވުމަށްވެސް ވަރަށް މުހިއްމު ދައުރެއް ކުޅެދޭ ދޭއްޗެވެ.ހަމަ އެހެންމެ ކޮލޮސްޓްރޯލް މައްޗަށްދާ މީހުންނަށް ވެސް އޮތް އުފާވެރި ޚަބަރެކެވެ. މި ދެބާވަތް ބޭނުންކޮށްގެން މި ދަންނަވާ ޖޫސް ތައްޔާރު ކުރަމާ ހިނގާށެވެ. ބޭނުންވަނީީ : 4 ބޮނޑި ލޮނުމެދު
4 މެދުމިނުގެ ލޮނބޯ
3 ލިޓަރު ފެން
ލޮނުމެދު މެށުމަށް ފަހު ސާފުކޮށް ދޮވެލާފައި ހޫނުފެނަށްލާށެވެ. ލުނބޯ ތޮއްޓާއެކު ފޮތިކޮށްލުމަށްފަހު އޭގެ ތެރެއަށް އަޅާލާށެވެ. ދެން މިކްސަރަކުން ހޫނުފެނުގައި ރަނގަޅަށް މިކްސްވަންދެން ގިރާލުމަށްފަހު 3 ދުވަސް ވަންދެން އައިސް އަލަމާރީގައި ބަހައްޓާށެވެ. އެއަށް ފަހު ތިން އިރު އިރަކު 50މލ.( ކެއުމުގެ ކުރިން) ބޭނުން ކުރާށެވެ. މޭ ނުބައި ކުރުން ނުވަތަ މޭ އެންދުން ފަދަ އެއްވެސް އުނދަގުލެއް ވާނަމަ ފުރަތަމަ ކޮޅު އެކެއް ނުވަތަ ދެ ސައިސަމުސާ ބޯށެވެ. މިގޮތުން އިތުރު ކުރަމުން ގޮސް 50މލ. އާހަމައަށް ގެންދާށެވެ.
40 ދުވަސް ވުމުން ޓެސްޓް ހަދާށެވެ. ނަތީޖާ ދައްކާނީ ރަނގަޅަށެވެ. އެއް އަހަރު ދުވަސް ވަންދެން މި ޖޫސްބޭނުން ކުރާނަމަ ހަށިގަނޑުގައިވާ ގިނަ ބަލިތައް މުޅިން ރަނގަޅުވާނެއެވެ. އަދި ހީ ނުކުރާ ކަހަލަ ރަނގަޅު ބަދަލު ތަކެއް ހަށިގަނޑަށް އަންނާނެއެވެ.
މަސްދަރު: ޑެއިލީ ހެލްތް ޓިޕްސް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top