މަޝްހޫރު އެމްޖޭ ،5 ކިހާމޯލްޑިވްސް ގައި

img_md_202102090818591612840739.1662.png

އެމްޖޭ 5ގެ ގްރޫޕް، ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ސޯޝަލް މީޑިއާ

ޓީވީ ޗެނަލް، ސްޓަރ ޕްލަސް އިން 2013 ވަނަ އަހަރު ގެނެސްދިން “އިންޑިއާސް ޑާންސިން ސުޕަރ ސްޓަރއިން ލިބުނު ބޮޑު ކާމިޔާބާއެކު މައިކަލް ޖެކްސަންގެ ނަމަށް ނިސްބަތް ކޮށް އުފެއްދި އެމްޖޭ 5 އަކީ ބޮލީވުޑްގައި ވެސް މަޝްހޫރު ނަމެކެވެ.

މި ފަސް މީހުންގެ ގްރޫޕް ނުވަތަ އެމްޖޭ 5 މިހާރު ތިބީ ބ.އަތޮޅު ކިހާދޫ ކައިރީގައި އޮންނަ ކިހާމޯލްޑިވްސް ރިސޯޓުގައެވެ.

އެމްޖޭ5 ޗުއްޓީއަށް އައިސްފައި މިވަނީ ކާތިކް އާރިޔަން އާއި އެކީ މަސައްކަތް ކުރުމަށްފަހު އެވެ. އޭގެ ކުރިން އޭބީސީޑީ 2، ހެޕީ ނިއު އިޔާ އަދި މި ނޫންވެސް ބޮލީވުޑްގެ ގިނަ ޕްރޮޖެކްޓް ތަކެއްގައި މަޝްހޫރު ތަރިންނާއެކު އެމްޖޭ5 ވަނީ މަސައްކަތް ކޮށްފައެވެ.

ދުނިޔޭގެ އެތައް މިލިއަން މީހުން ފޮލޯކުރާ މި ގްރޫޕްގެ މެންބަރުން މިހާރު ދަނީ ކިހާ މޯލްޑިވްސް ރިސޯޓުގެ އެކި ހިސާބުތަކުން ނަށާ، އެ ވީޑިއޯތައް އެމީހުންގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. މިވީޑިއޯތައް ކިހާ މޯލްޑިވްސްގެ ޓިކްޓޮކް އެކައުންޓަށް ވެސް ލާފައިވެ އެވެ.

“މޫންވޯކް މެޖީޝިއަންސް” ގެ ނަމުން މަޝްހޫރުވެފައިވާ މި ޑާންސް ގްރޫޕުވަނީ މައިކަލް ޖެކްސަންގެ އެންމެ ފާހަގަކޮށްލެވޭ ޑާންސް ސްޓެޕް ކަމަށްވާ “މޫންވޯކް”، އެންމެ ގިނަ ތަފާތު ގޮތްގޮތަށް ޖައްސާ ދުނިޔޭގެ ރިކޯޑެއް ވެސް ހަދާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top