ސިޔާސީ މަންފާއަށް ބޯހިޔާވަހިކަމުގެ ވާހަކަ ދައްކަންފެށީ އެމްޑީޕީ: އެމްޕީ ސަލީމް 

DSCN0821-800x492-800x492.jpg

އެމްޕީ ސަލީމް އޭދަފުށީގައި -އީވީ ފައިލް ފޮޓޯ

ބޯހިޔާވަހިކަން އެއީ ސިޔާސީ ގޮތުން މަންފާ ހޯދަން ދައްކާ ވާހަކައެއްގެ ގޮތުގައި 2004 އިން ފެށިގެން އެމްޑީޕީން ހަދާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެފައިވާއިރު ސިޔާސީ އެކިއެކި ފައިދާ ހޯދުމަށްޓަކައި ކަނޑައެޅިގެން ކަން އޮތް ގޮތް އެނގިތިބެ އެކަމުން ސިޔާސީ މަންފާ ހޯދަން ކަމުގެ ހަގީގަތް އޮޅުވާލައިގެން ބަޔަކު ވާހަކަ ދައްކަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ މައްސަލަ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި ދެކިގެން އެކަމުގައި ރައްޔިތުން ފާޅުކުރާ ޝުއޫރުތަކަކީ ހަގީގަތުގައިވެސް އެކަން އޮތްގޮތް ކަމަށެވެ. އެކަމަކު ސިޔާސީ އެކިއެކި ފައިދާ ހޯދުމަށްޓަކައި ކަނޑައެޅިގެން ކަން އޮތް ގޮތް އެނގިތިބެ އެނޫން ގޮތްގޮތަށް ވާހަކަ ދައްކާ މީހުންވެސް އެބަ އުޅޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ވާހަކަ އެމްޑީޕީން ދައްކާތާ އެތަކެއް އަހަރުތަކެއް ވެގެންދާއިރު، މިއަދާއިހަމައަށްވެސް އެއްވެސް ހައްލެއް އެމްޑީޕީއަށް ދެއްކިފައި ނުވާއިރު، ސިޔާސީ ގޮތުން މަންފާ ހޯދުމަށް މިވާހަކަ ދައްކަނީ ކޮންބައެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގެ 23 ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތް ހަވާލުކުރުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ މުހިއްމު އަސާސީ ހިދުމަތްތައް ހޯދައިދިނުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ.

 

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top