މިއަހަރުވެސް ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމަކީ ކަނޑުތޮށީގެ މައްސަލަ : ހިތާދޫ ކައުންސިލް

cf-997746492.jpg

2018ވަނަ އަހަރުވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަރާމާތަށް ބޭނުންވެފައިވާ ހިތާދޫ ބަނދަރު ގެ މައްސަލަކަމަށް ހިތާދޫ ކައުންސިލުން ބުނެފިއެވެ..

އާއަހަރަކާ ކުރިމަތިލާއިރު ހިތާދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަކީ ކޮބައިތޯ އީވީ އިން ސުވާލު ކުރުމުން ފުރަތަމަވެސް ވިދާޅުވީ ބަނދަރުގެ ވެއްޓިފައިވާ ތޮށިގަނޑުގެ ވާހަކައެވެ.

ހިތާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ ވާފިރު ހާރޫން ވިދާޅުވީ ކަނޑުތޮށި ވެއްޓިފައިވާތީ އޮޑި ދޯނި ފަހަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށެވެ.

“މޫސުން ގޯސްވެ ކަނޑު ގަދަވެއްޖެނަމަ ހުޅަނގެއް އިރުވައެއް ތަފާތެއް ނެތް. ވަރަށް ގަދަވޭ ފަޅުތެރެ. ބައެއްފަހަރު ވާޓަރުގައި ޖެހިގެން އޮޑިދޯނި ފަހަރަށް އެބަހުރި ބޮޑެތި ގެއްލުންތައްވެސް ވެފާ. މޫސުން ގޯސްވެ ފަޅު ގަދަ ވެއްޖެނަމަ އޮޑިވެރިން ތިބެން ޖެހެނީ ހޭލާ. ” ވާފިރު ވިދާޅުވިއެވެ.

ވާފިރު ވިދާޅުވީ ސުނާމީ ކާރިސާގައި ހިތާދޫ ބަނދަރު ހަލާކުވެ މުޅިން ސުންނާފަތިވެފައި ވާތީ 2010ވަނަ އަހަރު ސަރުކާރުން ހަދައިދީފާ ވާ ކަމަށާއި ނަމަވެސް ބަނދަރު މަރާމާތުކޮށް ނިމުނު އިރު ކަނޑުތޮށި މަރާމާތު ނުކުރާ ކަމުގައެވެ. އޭނާ ވިދާޅުވީ މިކަން ހައްލު ކުރެވޭތޯ ކަމާބެހޭ ސަރުކާރުގެ މުވައްސަސާ ތަކުގައި ދަންނަވަމުން އަންނަ ކަމަށާ އެކަމަކު އަދި އަލިމަގެއް ނުފެންނަ ކަމަށެވެ.

” ސަރުކާރުގައި ދަންނަވަމުން މިދަނީ  ހުއްޓުމެއް ނެތި. މިކަމާ ގުޅިގެން ކައުންސިލަރުން މާލެވެސް ވަޑައިގެންފި މަޗްވަރާކުރުމަށް. ހައުސިންގމިނިސްޓްރީ އަށް. އެކަމަކު މިނިސްޓަރާ ބައްދަލު ނުވިކަމަށް ވަނީ. ”

ވާފިރު ވިދާޅުވީ ހިތާދޫ ރައްޔިތުންނަކީ މަސްވެރިކަމުގެ ބައެއްކަމަށާ ކަނޑުތޮށި މަރާމާތު ކޮށްދިނުމަށް އެދި ރައްޔިތުން ކައުންސިލުގައި ވަރަށް ބޮޑަށް އެދެމުން ދާކަމުގައެވެ. އޭނާ ވިދާޅުވީ މި އާއަހަރުވެސް މިމައްސލަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވޭތޯ މެދު ނުކެނޑި ވަރަށް ބޮޑަށް މަސައްކަތް ކުރާނޭކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top