ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

ހހހހ.jpg

އޭދަފުށީގެ ޕެޓްރޯލް ޝެޑަކުން ސައިކަލަކަށް ޕެޓްރޯލް އަޅަނީ

އެސްޓީއޯއިން ވިއްކަމުން ގެންދާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މިއަދުން ފެށިގެން އެސްޓީއޯއިން ޑީސަލް ލިޓަރެއް ވިއްކަމުން ގެންދާނީ ކުރިން ވިއްކި އަގަށް ވުރެ ލިޓަރަކުން 60 ލާރި ބޮޑުކޮށް ލިޓަރެއް 12.44 ރ. އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކަމުން ގެންދާނީ ކުރިން ވިއްކި އަގަށް ވުރެ ލިޓަރަކުން 90 ލާރި ބޮޑުކޮށް ލިޓަރެއް 12.06 ރ. އަށެވެ.

އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ވަގުތު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފާއިތުވި ހަތް އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައި ކަމަށް ވާތީ އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

އެހެންކަމަުން މިއަދުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ސްޓޭޝަން ތަކުން ތެޔޮ ލިބޭނެ އަގުތައް ބޮޑުވާނެ ކަމަށެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގު ބޮޑުކުރީ މިދިޔަ އޮކްޓޫބަރު މަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top