ފުޓްބޯޅަޓީމަށް އޭދަފުށީ ރައްޔިތުންގެ ފަރާތުން ރަތްދޫލައިގެ މަރުހަބާ

DSCN1402.jpg

އޭދަފުށީ ފުޓްބޯޅަ ޓީމަށް އޭދަފުށީ ރައްޔިތުން ރަތް ދޫލައިގެ މަރްހަބާއެއް ކިޔައިފިއެވެ.

މިނިވަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންގެ ފަޚްރުވެރި މަގާމާއެކު ތަށި ހިފައިގެން ޓީމް މިއަދު ހަވީރު އޭދަފުށްޓަށް އައުމުން މަރުހަބާ ކިއުމަށް ގިނަ އަދަދެއްގެ ރައްޔިތުންވަނީ ރަތްކުލައިގެ ހެދުމުގައި ބަނދަރުމައްޗަށް ޖަމާ ވެފައެވެ. ޓީމް ރަށަށް ފޭބުމާއެކު ކޮންމެ ކުޅުންތެރިއަކަށް މަލުގެ ގުލްދަސްތާއެއް ވެދުން ކުރަމުން ދިޔައިރު މަރްހަބާގެ އަޑުން މުޅި ޖައްވު އޮތީ ގުގުމާލާފައެވެ.

dscn1440

dscn1409

ހަވީރުގެ ހިތްގައިމު ވަގުތު ކުޅުންތެރިންގެ މޫނުމަތިން ފެންނަމުން ދިޔަ އުއްމީދީ އުފާވެރި ހިނިތުންވުމާ އެކު އަޑުގަދަކުރާއިން އިއްވަމުން ގެންދިޔަ މުނާސަބަތަށް ޚާއްސަކޮށް ހުރިހާކުޅުންތެރިންގެ ނަންތައް ވަކި ވަކިން ފާހަގަކޮށް ހަދާފައިވާ ރީތި ލަވައިގެ އަޑުން މާހައުލަށް އޮތީ އިތުރު އުފާވެރިކަމެއް ވެރިވެފައެވެ..

dscn1419

 

މި މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށީ ފުޓްބޯޅަ ޓީމް ހޯދާފައިވަނީ ފައިނަލުގައި ތިމަރަފުށްޓާ ބައްދަލުކޮށް ރޭ ކުޅެވުނު ފައިނަލް މެޗުން 1- 0 އިން މޮޅުވެގެންނެވެ.

dscn1431

dscn1435

 

dscn1447dscn1450dscn1454dscn1463

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top