އޭދަފުށީ ފުޓްބޯޅަ ޓީމަށް އެމްޕީ. ސަލީމު ހޫނު މަރުހަބާއެއް

DSCN14031.jpg

ފުޓްބޯޅަޓީމް މިއަދު އޭދަފުށްޓަށް އައުމުން ރައްޔިތުންވަނީ ހޫނު މަރުހަބާއެއް ކިޔާފައި. ފޮޓޯ : އީވީ

އެސްޓީއޯ މިނިވަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން  އޭދަފުށީ ފުޓްބޯޅަ ޓީމް ހޯދުމާއި ގުޅިގެން  ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ޓީމަށް ހޫނު މަރުހަބާ އެއް ކިޔައިފިއެވެ.

ސަލީމު ވިދާޅުވީ ޓީމްގެ މުޅި ކާމިޔާބީއަކީ އެންމެ ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމުގައެވެ. އެކަމަށްޓަކާ  އޭނާ ވަރަށް އުފާކަމަށާއި އޭދަފުށީ ޒުވާނުންކޮޅެއް އެކުވެގެން މުޅި ރަށަށް ތިޔަ ހޯއްދަވައިދެއްވި ކާމިޔާބަކީ ފަޚްރުވެރި ކާމިޔާބެއްކަމުގައެވެ.  އެދި އެއުފަލުގައި އަމަލީ ގޮތުން ބައިވެރިވުމުގެ އުފާ ލިބިގަންނަކަމަށް ސަލީމު ވިދާޅުވިއެވެ.

” ފުޓްބޯޅަ ޓީމް އޭދަފުށީ ރައްޔިތުންނަށް ތިޔަ ހޯއްދަވައިދެއްވި މަތިވެރި ކާމިޔާބީގެ އުފަލުގައި އަޅުގަނޑު  ތަހްނިޔާ ދަންނަވަން. ޓީމްގެ ކާމިޔާބީގެ ފަހަތުގައިވަނީ މުޅި ޓީމް ގެ ބުރަމަސައްކަތް. ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެ ކަމެއްވެސް ކާމިޔާބު ވުމުގެ އަސްލު.” ސަލީމު ވިދާޅުވިއެވެ.

ސަލީމު ވިދާޅުވީ ޓީމަށް ޝުކުރު އަދާކުރާއިރު މިކަމުގައި އޭދަފުށީ ރައްޔިތުން ޓީމަށް ދެއްވި އެހީތެރިކަމާއި ހިތްވަރު ފާހަގަ ކޮށް އޭދަފުށީ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރާ ކަމުގައެވެ.

މި މުބާރާތުގެ ފައިނަލް މެޗަށް އެކަނިވެސް ސަލީމުވަނީ ވަރަށް ބޮޑެތި ދީލަތި އެހީތަކެއް ވެދެއްވާފައެވެ. އެންމެ ފަހުން ޓީމް އޭދަފުށްޓަށް އައުމަށް އާ ޖާޒީ ބައެއް ގަތުމަށް މިއަދުވެސް ވަނީ 5000ރ. ގެ އެހީއެއް ވެދެއްވާފައެވެ.

އޭދަފުށި ހޯދި މިކާމިޔާބުގައި އޭނާވެސް ބައިވެރިވާ ގޮތަށް މުޅި ރައްޔިތުން ބައިވެރިވާ ޕާޓިއެއްބޭއްވުމަށް ޚިޔާލުކުރާކަމަށްވެސް ސަލީމު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top