ތުޅާދޫން ގާސިމަށް ހޫނު މަރުހަބާއެއް!

3b1a4472-2048x1365-1.jpg

ނިމިދިޔަ ރިޔާސީ އިންތިޚާބު ގެ ކެންޕޭންގައި ގާސިމް އިބްރާހިމް ތުޅާދޫއަށް ވަޑައިގަތުން

ވެހޭ ބޯވާރޭގެ ތެރޭގައި ތުޅާދޫ ރައްޔިތުން ނިކުމެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ބ. އަތޮޅު ރަށްރަށަށް ގާސިމާއި ޖުމްހޫރީ ޕާޓީގެ އިސްބައެއް ބޭފުޅުން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގެންނެވީ ބ ތުޅާދޫއަށެވެ. ގާސިމް ތުޅާދޫއަށް ވަޑައިގެންނެވި ވަގުރތި ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ.

ރަތްކުލައިގެ ޖޭޕީގެ ޓީޝާޓު ލައިގެން އެ ރަށުގެ ބަނދަރު މަތި ރަތް ސާލެއްހެން ފެތުރިފައި އޮތް މަންޒަރުން ފެނިގެން ދިޔައީ ތުލާދޫން ގާސިމަށް އޮތް ސަޕޯޓްކަމަށް އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވިއެވެ. އަލީ ސޯލިހް ވިދާޅުވީ ސްކޫލް ހުޅުވޭ ދުވަހެއްގައި ވިއްސާރައިގެ ތެރޭގައި ގިނަ ބަޔަކު ގާސިމަށް މަރުހަބާ ކިޔުމަށް ނިކުތުމަކީ މިހާރު އެ ޕާޓީއިން ކުރަމުންދާ މަސައްކަތުގެ ފޮނި ނަތީޖާ ލިބޭނެ ކަމުގެ ފެހި ސިގްނަލެއް ކަމަށެވެ.

“އަޅުގަނޑުމެން ތުޅާދޫއަށް ދިޔައިރު ވަރަށް ބޯކޮށް ވާރޭވެހެމުން ދިޔައީ. ނަމަވެސް މުޅި ބަނދަރުމަތި ފެނިގެން ދިޔައީ ރަތްކޮށް. ކުރިން ނުފެންނަ ބޯތައްވެސް މި ފަހަރު ފެނިގެން ދިޔަ. ޖަލްސާގައިވެސް 50 ވަރަކަށް ގޮނޑި ޖަހާފައިވާއިރު ގޮނޑިތައް ފުރިގެން ވަރަށް ގިނަ ފަރާތްތަކުން ކޮށްޅަން ވެސް ތިބި.” އަލީ ސޯލިހް ވިދާޅުވިއެވެ.

ގާސިމް ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމަށް ނިކުމެ ވަޑައިގެންނެވުމުން ކުރިން ޝައްކެއްގައި ތިބި މީހުންވެސް މިހާރު ކެމްޕެއިނަށް ނިކުންނަމުންދާ ކަމަށް އަލީ ވިދާޅުވިއެވެ.

އަދި ރަށްރަށުން ފެންނަ މަންޒަރުތަކުން ރިޔާސީ އިންތިހާބުގައި ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމުގެ ފެހި ސިގްލަން ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top