ތުޅާދޫގައި އެއާޕޯޓް އަޅާބިން ހިއްކަން ފަށައިފި

big_gxXU8Zm2h21kgJzQDoqPjeTMz.jpg

ތުޅާދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ

ބ. ތުޅާދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ތުޅާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބައުންޑްވޯލްގެ މަސައްކަތް ފައްޓަވައި ދެއްވީ ތުޅާދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އެކު ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން އެވެ.

އެރަށުގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

ތުޅާދޫގައި އެއާޕޯޓް އެޅުމަށް 44.70 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

މިމަޝްރޫއަށް މަދުވެގެން 21.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކުރިން ލަފާކޮށްފައިވެ އެެވެ.

ތުޅާދޫގައި އެއާޕޯޓެއް އެޅުމަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް އެ މަސައްކަތް ފެށުން ލަސްވެ، ތުޅާދޫ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top