މަޖިލީހުގެ އާ ނައިބު ރައީސަކަށް ސަލީމް

large_171226196944cyLR.jpeg

އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ސަލާމްކުރައްވަނީ: -- ސަން ފޮޓޯ/ މޫސާ ނަދީމް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އައު ނައިބު ރައީސް ކަމަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިޚާބު ކޮށްފިއެވެ.

މަޖިލީހުގެ އައު ނައިބު ރައީސް ކަމަށް ސަލީމް އިންތިޚާބުވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު (ފިއްޓޭ) އާ ވާދަކުރައްވައިގެންނެވެ.

ޖުމްލަ 74 ވޯޓު ލިއިރު، ސަލީމަށް 62 ވޯޓު ލިބިވަޑައިގެންނެވިއެވެ. ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. ބާތިލް ދެ ވޯޓު ހިމެނެއެވެ.

ސަލީމަކީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ގިނަދުވަސްވީ، އަދި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އެއް މެންބަރެވެ. އޭނާއަކީ 20ވަނަ މަޖިލީހުގެ އެންމެ މުހިންމު އެއް ކޮމިޓީ ކަމަށްވާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރެވެ. އަދި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރެވެ.

މިއީ ސަލީމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާ ހަތަރުވަނަ ދައުރެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިއްޔެ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top