ހުޅުމާލޭގައި އަޅާ 3000 ފްލެޓްގެ ބިންގާ އަޅައިފި

yaameen.jpg

ހުޅުމާލޭގައި އަޅާ 3000 ޕްލެޓްގެ ބިންގާ ރައީސް އަބްދުﷲ ޔާމީން އަޅުއްވާ ދެއްވައިފިއެވެ.

ރައީސް ޔާމީން ފްލެޓްތަކުގެ ބިންގާ އަޅުއްވާދެއްވީ އެކަމަށްޓަކާ އިއްޔެ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫއަކީ ދުބާއީގެ ދެ ކުންފުންޏަކާއި ރާއްޖޭގެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ސީލައިފް ގްލޯބަލްގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އަމާޒުކޮށްފައިވަނީ މެދުފަންތީގެ މީހުންނަށެވެ.

ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސުހެއިލް ވިދާޅުވީ މި މަޝްރޫއަކީ 2012 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމުގައެވެ.

އަދި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 1000 ފްލެޓް ހިމެނޭ ގޮތަށް ތިން ބްލޮކެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސުލައިލް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުންއަޅާ 10 ބުރި އަދި 12 ބުރީގެ ފްލެޓުން ހައުސިން ޔުނިޓްތައް ވިއްކުމަށް އެކުންފުނިންވަނީ ނިންމާފައެވެ. މިމަޝްރޫގުގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ 12 ބުރީގެ އޮފީސް އިމާރާތެއްވެސް ހިމެނެއެވެ. މި މަޝްރޫއު މުޅިން ނިންމާލުމަށް ހަމަޖެހިފައިވަނީ ފަސް އަހަރު ދުވަހުގެ ތެރޭގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top