މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވައިފި.

IMG_20200530_175923266.jpg

މިދުވަސްވަރު މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ ކަނޑުދަތުރު ކުރާއިރު ސަމާލު ވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރައްވައިފި އެވެ.

އެމްއެންޑީއެފުން މިކަމަށް އިލްތިމާސް ކޮށްފައިވަނީ މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައެވެ.

މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓްވެސް ނެރެފަ އެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނީ މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް އާއްމުކޮށް ގަޑިއަކު 25 މޭލާއި 30 މޭލުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top