އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވީ ތެލުގެ އަގު އުފުލުމުން. އަގު ހެޔޮކުރެވޭތޯ އެބަ ބަލަން: ރައީސް

b_GySrajg7oiAknFT7svaFnaHLt.jpeg

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ލ. ފޮނަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ ---- ފޮޓޯ: ރައީސް ސޯލިހު ކެމްޕޭން ޓީމް

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ހެޔޮކުރެވޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާތަކެއް ކުރައްވަމުން އެބަ ގެންދަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމަކީ 2018 ވަނަ އަހަރު ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ސަރުކާރުން ވަނީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވެސް ކޮށްފައެވެ. ނަމަވެސް ފަހުން އަނެއްކާވެސް އެތެރޭގެ އުދުހުންތަކުގެ އަގު ވަނީ ބޮޑުވެފަ އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ލ. ފޮނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވެގެން ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ކަމަށެވެ.

”އެތެރޭގެ އުދުހުންތައް މިއަށްވުރެ އަގުހެޔޮ ކުރެވޭނެ އެހެން ގޮތްތަކެއް ހޯދުމަށް އަޅުގަނޑުމެންނަށް މަޝްވަރާތަކެއް ކުރެވިފަ އެބައޮތް. ކުރިއަށް އޮތް ތަނުގަ އިރާދަކުރެއްވިއްޔާ އެ އެއްޗެހިތައް ހާމަކުރަމުން ގެންދާނަން” ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ފޮނަދޫއަކީ އާބަން ޑިވެލްމެންޓް ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައިފައިވާ ރަށެއް ކަމަށެވެ. އެ ތަންތަނުގައި ހިންގާން ޖެހޭނީ ބިޔަ،ބޮޑު މަޝްރޫއެއްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި އެއާޕޯޓަކާއި ކެންސަރު ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ހުރިހާކަމެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top