35 އަހަރުފަހުން އޭދަފުށިން ގޯތި ދޫކުރަނީ

ުިުި.jpg

އޭދަފުށީގެ ހިއްކި ބިން

އޭދަފުށިން ގޯތި ދޫނުކުރާތާ 35 އަހަރުފަހުން އޭދަފުށިން ގޯތި ދޫކުރުމަށް ނިންމައި އެކަން އިއުލާން ކޮށްފި އެވެ.

އޭދަފުށި ކައުންސިލުން މިއަދު އާއްމު ކޮށްފައިވާ އިއުލާނެއްގައި ވަނީ އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި 1200 އަކަފޫޓުގެ 183 ގޯތި ދޫކުރަން ނިންމައި ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައެވެ.

މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް މިހިނގާ މާރިޗު 31 ވަނަ ދުވަހުން ފެށިގެން ކައުންސިލު އިދާރާއިން ލިބޭނެކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ފޯމު ބަލައިގަތމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން މޭ 28 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:30 އިން ފެށިގެން 12:30 އާ ދެމެދު ކައުންސިލު އިދާރާ އިންނެވެ.

ބިންފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅުހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 56 ހެކްޓަރަށް ބޮޑުކުރީ 2014 ވަނައަހަރު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top