ކިހާދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅަން ހަވާލުކޮށްފި

434260382_838116125021820_4174402698273301178_n.jpg

ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ

ބ.ކިހާދޫ ހިމެނޭހެން ހަތަރު ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ސަރުކާރުން ބަޔަކާ ހަވާލުކޮށްފިއެވެ.

މިކަމަށް ޚާއްސަކޮށް ސްޕޯޓްސް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ޓާފް އެޅުމަށް ހަވާލުކޮށްފައިވަނީ ބ. ކިހާދޫ، މ. މުލި، މ. ވޭވަށް އަދި ގދ. ނަޑެއްލާގެ ފުޓްބޯޅަ ދަނޑުގައެވެ.

މި މަސައްކަތް ހަވާލު ކުރީ މަސައްކަތް ފަށާތާ، 81 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

މި މަޝްރޫއަކީ ކޮންމެ ރަށަކަށް ކުޅިވަރާ ބެހޭ ވުޒާރާގެ ބަޖެޓުން 4،609،431.36 (ހަތަރު މިލިޔަން ހަ ލައްކަ ނުވަހާސް ހަތަރުސަތޭކަ ތިރީސް އެއް ރުފިޔާ ތިރީސްހަ ލާރި) ޚަރަދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top