ދ. މީދޫ ބިންހިއްކުމުގެ މަސައްކަތް ފަށައިފި

ދ. މީދޫ ބިންހިއްކުމުގެ މަސައްކަތް އިއްޔެ ފެށުނުއިރު އެރަށު ބަޔަކު އަތިރިމަތީ މަޑުކޮށްލައިގެން. މީދުއަށްފަހު ބޯޓް އަންނާނީ އޭދަފުއްޓަށް ކަމަށް މައުލޫމާތުލިބޭ / ފޮޓޯ: ފޭސްބުކް

ދ. މީދޫ ބިންހިއްކުމުގެ މަސައްކަތް އިއްޔެ ފެށުނުއިރު އެރަށު ބަޔަކު އަތިރިމަތީ މަޑުކޮށްލައިގެން. މީދުއަށްފަހު ބޯޓް އަންނާނީ އޭދަފުއްޓަށް ކަމަށް މައުލޫމާތުލިބޭ / ފޮޓޯ: ފޭސްބުކް

އޭދަފުއްޓާއެކު ބިންހިއްކުމަށް ބޮސްކާލިސް އިންޓަނޭޝަނަލްއާ ހަވާލުކުރި ހަތަރު ރަށުގެ ތެރެއިން ދ. މީދޫގެ ބިންހިއްކުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ދ. މީދޫ ކައުންސިލުން ބުނީ އިއްޔެ މެންދުރުފަހު ފެށި މިމަސައްކަތުގެ ދަށުން ރެއާހަމައަށް 3 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށެވެ. އެނގިފައިވާގޮތުން މީދޫން ހިއްކާނީ 15 ހެކްޓަރުގެ ބިމެވެ.

ދ. މީދޫގެ ބިންހިއްކުމުގެ މަޝްރޫއު ރަސްމީކޮށް މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފައްޓަވައިދެއްވާނެއެވެ. މިރަސްމިއްޔާތުގައި މީދުއަށްފަހު ބޯޓް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އޭދަފުއްޓަށްކަން ރައީސް ހާމަކުރައްވާނެކަމަށްވެއެވެ.

އޭދަފުށީގެ ފަޅުން 25 ހެކްޓަރަށްވުރެ ބޮޑުބިމެއް ހިއްކުމަށް ބޮސްކާލިސްއާ ހަވާލުކޮށްފައިވަނީ 125 މިލިޔަން ރުފިޔާއަށެވެ. ހިއްކުމަށްފަހު ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވަނީވެސް ބޮސްކާލިސްކަމަށްވެއެވެ. މައުލޫމާތުލިބޭގޮތުން މިހަފްތާތެރޭގައި މީދޫގެ މަސައްކަތްނިންމާ އޭދަފުއްޓަށް ބޯޓް ފުރާނެއެވެ.

މީދުއާ، އޭދަފުށީގެ އިތުރުން ބިންހިއްކުމަށް ބޮސްކާލިސްއާ ހަވާލުކޮށްފައިވަނީ ދ. ކުޑަހުވަދޫ އަދި ކ. ތުލުސްދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top