45 އަހަރުނުވާ އަންހެނުން މަހުރަމަކާ ނުލާ އުމްރާއަށް ގެންދިޔުން މަނާ

c1cd8f1e-ިޮި00.jpg

އުމުރުން 45 އަހަރުނުވާ އަންހެނުން މަހުރަމަކާ ނުލާ އުމްރާއަށް ގެންދިޔުން މަނާކޮށްފި އެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލުގައި ބުނެފައިވާ ގޮތުން އުމުރުން 45 އަހަރު ހަމަނުވާ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ގެންދިއުމާއި 18 އަހަރު ނުވާ ފިރިހެންކުދިން ބެލެނިވެރިޔަކާ ނުލައި އުމްރާއަށް ގެންގޮސްގެން ނުވާނެ އެވެ.

އަދި ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީގޮތުން ނުވަތަ ސިއްހީ ގޮތުން އުމްރާގެ އަޅުކަން އަދާކުރުމަށް ކުޅަދާނަ ވެގެންނުވާ ކަމަށް ކުންފުންޏަށް ފެންނަ ފަރާތެއް އެހީތެރިޔަކާއެކު ގެންދާ ގޮތަށް ނަމަވެސް އެ ފަރާތަކަށް އުމްރާގެ އަޅުކަން އަދާކުރެވޭނެ ކަމަށް ދިވެހި ސަރުކާރު ގަބޫލުކުރާ ސިއްހީ ޚިދުމަތްދޭ މަރުކަޒަކުން ދޫކޮށްފައިވާ ލިޔުމާއެކު ނޫނީ އުމްރާއަށް ގެންގޮސްގެން ނުވާނެއެވެ.

މީގެއިތުރުން ދޭން ކަނޑައަޅާ ޚިދުމަތްތަކާ އެކަށީގެންނުވާ އަގުތައް އުމްރާއަށް ދާ މީހުންގެ އަތުން ނަގައިގެން ނުވާނެ ކަމަށާއި އަދި އެއްވެސް ސަބަބަކާއި ހުރެ އުމްރާ އަށް ނުގެންދެވޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވާ ފަރާތެއްގެ އަތުން ފައިސާ ނަގައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި އުސޫލާއި ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އިސްލާމިކް މިނިސްޓްރީ އަށް ވަނީ ދީފަ އެވެ.

މިއީ އުމްރާއަށް މީހުން ގެންދާ ފަރާތްތަކާއ،ި އުމްރާވެރީންގެ ހައްގުތަށް ހިމާޔަތްކޮށް، އުމްރާއަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންގެ ފައިސާ ރައްކައުތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތަކާއ،ި ފެންވަރު ރަނގަޅު ޚިދުމަތެއް ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައި ދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ އުސޫލެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top