ރައީސް ނަޝީދުގެ ވާހަކަތައް ޗައިނާ ސަފީރު ދޮގުކުރައްވައިފި

cnihan.jpg

ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ޗައިނާގެ ބޭންކު ތަކަށް 15 މިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަ ތަކަށް ޗައިނާ ސަފީރު ރައްދު ދެއްވައި އެކަން ދޮގުކުރައްވައިފިއެވެ.

ޗައިނާގެ ލޯނުތަކާއި ހެދި ކޮވިޑަށް ފަހުގައިވެސް ރާއްޖެއަށް ހަމަ ނޭވާއެއް ލެވޭކަތް ނެތްކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން ޗައިނާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވީ، ބޭންކްތަކުން ދިން މައުލޫމާތަށް ބަލާއިރު، ރާއްޖެއިން، 14 ދުވަހުގެ ތެރޭގައި ޗައިނާގެ ބޭންކްތަަކަށް ދައްކަން ޖެހޭ 15 މިލިއަން ޑޮލަރު ޕޭމެންޓެެއް ނެތް ކަމަށެވެ. އަދި އެކައުންޓް ފޮތްތައް ބައްލަވާލައްވާ، ބަޖެޓަށް އެ ފައިސާ ރައްކާ ކޮށްލެއްވުމަށް ސަފީރު ވަނީ ނަޝީދަށް ދަންނަވާފައެވެ.

ރާއްޖެއަށް ޗައިނާ އިން ނަގާފައިވާ ލޯނުގެ މައްސަލައިގާ މީގެކުރިން ވެސް ނަޝީދާއި ޗައިނާ ސަފީރު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރައްވާފައެވެ. އެގޮތުން މާމަގެ ފައްޓަރުބައި ވިއްކާލާފައި ވެސް ރާއްޖެ އިން ޗައިނާ އަށް އަދާކުރަންޖެހޭ ދަރަނިތައް އަދާނުކުރެވޭނެ ކަމަށް ނަޝީދު މީގެކުރިން ވިދާޅުވެފައިވެއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޗައިނާ ސަފީރު ވަނީ މާމަގެ ފައްޓަރުބަޔަކީ އަގުހުރި އެއްޗެއް ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް އެއީ އަގެއް ނެތި ލިބޭނެ އެއްޗެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ޗައިނާ އިން އިޚްތިޔާރު ކުރީ އެކުވެރިކަން ކަމަށާއި އެއީ އަގު ނުކުރެވޭނެ ވަރުގެ ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހޭ ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ދާދިފަހުން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top