ބިޑްކުރުމެއްނެތި ޕްރޮޕޯޝަލް ހުށައަޅަން ފުރުސަތު ދިނުން ގޯސް :އެމްޕީ ސަލީމް

DSCN3910.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް -އީވީ ފައިލް ފޮޓޯ

ބިޑަކާ ނުލައި ދައުލަތުގެ މަޝްރޫއުތަކަށް ބިޑް ހުށައަޅަން ފުރުސަތު ދިނުމަކީ ބޮޑު ގޯހެއްކަމަށާ އެއީ ކޮރޮޕްޝަނަށް ހުޅުވިގެންދާ ދޮރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ރެޑްވޭވް އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލެއް ކަނޑައަޅައި މިއަދުވަނީ މި އުސޫލު ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައެވެ. ރައީސް އޮފީހުން ބުނީ ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ހުށަހަޅާ ޕްރޮޕޯޒަލް ތަކަކީ އަމިއްލަ ފަރާތްތަކުގެ އިސްނެގުމާއެކު، ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ބޭނުމެއް ދެނެގަނެ އެކަމަކަށް ރިއާޔަތްކޮށް ޕްރޮޕޯޒަލްތައް ހުށަހެޅުމަށް ފަހިކޮށްދެވޭ ނިޒާމެެއް ކަމަށެވެ.

މިއުސޫލަށް ފާޑު ވިދާޅުވަމުން ސަލީމު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ދެފުށް ފެންނަ ހެޔޮ ވެރިކަމެއް ކުރުމަށް ކަމަށާއި ބިޑަކާ ނުލައި “ހޭންޑް ޕިކްކޮށްގެން” ދައުލަތުގެ މަޝްރޫއުތައް ވަކި ބަޔަކަށް ހަވާލުކުރެވޭ ފަދަ އުސޫލެއް ގާއިމުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

“މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން، މާލިއްޔަތު ގާނޫނަށް ބަދަލުގެނެސްގެން ވެސް މިކަން ޖެހޭނީ ބަދަލުކުރަން. އަނެއް ކޮޅުން ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ ދައްކައިގެން އައި ބަޔަކު މިފަދަ ކަމެއް ކުރުމަކީ ހަމަ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން. މިކަމުން ވައްކަމާއި ފަސާދަ އިތުރަށް އަށަގަތުން ނޫން ކަމެއް ނުވާނެ،” ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު ރައްޔިތުންގެ މަޖިލީހުގައި 10 ވަރަކަށް އަހަރު ހޭދަ ކުރެެވިއްޖެ ކަމަށާއި ރައީސް ސޯލިހަކީ އެފަދަ ބޭފުޅެއް ނޫން ކަމަށާއި މިފަދަ ކަންކަން މި ހިނގަނީ އެ މަނިކުފާނު އަރިހުގައި ތިއްބަވާ ބޭބޭފުޅުންގެ ބާރާއި ނުފޫޒުގެ ސަބަބުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top