އޭދަފުށި ވާދަކުރަންޖެހުނީ އެންމެ ބޮޑެތި ޓީމްތަކާ

DSCN3352.jpg

އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ފަށާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ވަރުގަދަ ޓީމްތަކާ އޭދަފުށި ވާދަ ކުރަން ޖެހޭ ގޮތަށް ގުރުން ދިމާވެއްޖެއެވެ.

އެފްއޭއެމްގެ ހުރިހާ މުބާރާތަކުން މިވަގުތު ސަސްޕެންޑް ކޮށްފައިވާ ނިއު ރޭޑިއަންޓް  ބައިވެރި ނުކޮށް މިއަދު އޮތް ގުރުނެގުމުގެ ރަސްމިއްޔާތުގައި އޭދަފުށި ލައްވާލާފައިވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް އާއި މާޒިޔާ އާއެކު ގްރޫޕް ބީ ގައެވެ. ގްރޫޕް އޭ ގައި ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބާއި، ށ. ފޯކައިދޫ އާއި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ އިތުރުން ދަ ގްރާންޑޭ އަމީގޯސް ނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބް (ދަ ގޭންގް) އެވެ.

މުބާރާތުގައި އޭދަފުށި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ވާދަކުރާނީ ކްލަބް އީގަލްސްއާ އެވެ.

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top