މިލައިދޫ ރިސޯޓަށް ޓްރެވަލާސް ޗޮއިސް އެވޯޑް ލިބިއްޖެ

Milaidhoo-Maldives-Water-Pool-Villa-5-800x533-800x533.jpg

ބ.އަތޮޅުގައި އޮންނަ މަތީފެންވަރުގެ ރިސޯޓެއް ކަމުގައިވާ މިލައިދޫ މޯލްޑިވްސް އަށް ޓްރިޕްއެޑްވައިޒާ އިން ދޭ “ޓްރެވަލާސް ޗޮއިސް އެވޯޑް 2019” ލިބިއްޖެ އެވެ.

މީގެ އިތުރުން އޭޝިއާގައި ހަތްވަނައަށް އެންމެ ހިދުމަތް ރަނގަޅު ރިސޯޓުގެ އެވޯޑާއެކު ދުނިޔޭގައި އެންމެ ހިދުމަތް ރަނގަޅު 20 ތަނުގެ ތެރޭގައި ވެސް އެ ރިސޯޓް ވަނީ ހިމަނާފަ އެވެ.

މި އެވޯޑުގައި މިލައިދޫއަށް ލިބުނު އެހެން ވަނަތަކުގެ ތެރޭގައި “ޓޮޕް ހޮޓެލްސް އިން މޯލްޑިވްސް” އެވޯޑާއި އޭޝިއާ ހޮޓެލް ރޭންކިންގެ އެންމެ ރަނގަޅު 10 ހޮޓަލުގެ ތެރޭގައި ހިމެނިފައިވެ އެވެ. އަދި ރާއްޖޭގެ ތިންވަނަ އަށް އެންމެ ރޮމޭންޓިކް ހޮޓަލާއި އޭޝިއާގެ އެންމެ ޓޮޕް ވަނަވެސް ލިބިފައިވެ އެވެ.

ލޯބިވެރިންނަށް ޚާއްސަކޮށްގެން ދިވެހިވަންތަކަން ދައްކުވައިދޭ ގޮތަަށް ދިވެއްސަކު ފަރުމާކޮށްފައިވާ މިލައިދޫ ރިސޯޓު ހުޅުވާފައިވަނީ 2016ވަނަ އަހަރުގެ ނޮވެމްބަރ މަހު އެވެ.

މިލައިދޫ ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ފުރައިގެން 35 މިނެޓުން ދެވޭ ހިސާބުގައި ރާއްޖޭގެ އެންމެ މަގްބޫލު ޑައިވިންގ މަންޒިލްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައިވާ ހަނިފަރު ކައިރީގައި އޮންނަ ރިސޯޓެކެވެ . މި ރިސޯޓުގައި 20 ބީޗް ވިލާއާއި 30 ވޯޓާވިލާ ހިމެނެއެވެ. މިއިން ކޮންމެ ވިލާއެއްގައި ސްވިމިންގޕޫލެއް އޮވެއެވެ.

މިލައިދޫގައި ތިން ރެސްޓޯރަންޓް ހުންނަ އިރު އެންމެ ޚާއްސަ ރެސްޓޯރަންޓަކީ ބައްތެލި ލޯންޖް އެންޑް ރެސްޓޯރަންޓެވެ. މި ރެސްޓޯރަންޓު ފަރުމާކޮށްފައިވަނީ، ރިޔާނެގި ތިން ބައްތެލީގެ ގޮތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top