ޓްރޭނިން ސްކޫލެއްގައި ވަގުތު ހަމަނުކޮށްވެސް ލައިސަންސް ލިބޭނެ

DSCN4863.jpg

އެއްގަމު އުޅަނދު ދުއްވުމަށް ލައިންސަންސް ނެގުމުގެ ކުރިން ވަކި ވަގުތެއް ހަމަވަންދެން ޓްރޭނިން ސްކޫލެއްގައި ދުއްވަން ޖެހޭ ގޮތަށް ގަވައިދަށް ގެނައި ބަދަލު ޓްރާންސްޕޯޓް މިނިސްޓްރީން އުވާލައިފިއެވެ.

އެ މިނިސްޓްރީން މިދިޔަ ޖަނަވަރީ މަހު އާއްމު ކުރި ޑްރައިވިންގ ސްކޫލް ހިންގުމާއި ޑްރައިވިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވައިދުގައިވާ ގޮތުން އެއްގައު ޅަނދު ދުއްވުމުގެ އަމަލީ ތަމްރީނުގައި ވަކި ވަގުތުތަކެއް ހަމަކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާ އާއި އެ މުއްދަތަށް ދުއްވަން ދަސްކުރާ ފަރާތުން އުޅަނދު ދުއްވިކަމުގެ ރިކޯޑާއި ޓްރެއިނިންގ ލޮގު، ޑްރައިވިންގ ސްކޫލުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރ ބަލަހައްޓަންވާނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާވެސް ވަނީ އުވާލާފައެވެ.

ގަވާއިދުގައި ކުރިން އޮތްގޮތުން ސައިކަލެއް ނަމަ މަދުވެގެން 40 ގަޑިއިރު ވަންދެން އަމަލީ ތަމްރީން ފުރިހަމަ ކުރަން ޖެހެ އެވެ. ކާރާއި ޕިކަޕް ފަދަ އުޅަނދުތައް ދުއްވަން ދަސް ކުރުމުގައި މަދުވެގެން 30 ގަޑިއިރު ހަމަކުރަން ޖެހެއެވެ. އަދި އެ ނޫން ބާވަތުގެ އުޅަނދުތައް ދުއްވަން ދަސްކުރުމުގައިވެސް 25 ގަޑި އިރު ހަމަކުރަން ގަވާއިދުގައި ވެއެވެ.

ނަމަވެސް މިހާރު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ގަވައިދުގެ އެމާއްދާ އުވާލާފައެވެ.

އޭގެ އިތުރުން ވެސް އެއްގަމު އުޅަނދު ދުއްވަން ދަސްކޮށްދޭ ތަންތަނުގައި މަސައްކަތް ކުރާ އިންސްޓްރަކްޓަރުން ފުރިހަމަ ކުރަން ޖެހޭ ތަމްރީންތަކާއި، އިންސްޓްރަކްޓަރުން ހޮވުމުގައި ބަލަން ޖެހޭ މިންގަނޑުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ލުއިތަކެއް ދީފައެވެ.

ގަވައިދަށް އަލަށް ގެނައި އިސްލާހު ބުނާ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމެއް، ކޮންމެ ޑްރައިވިންގ އިންސްޓްރަކްޓަރަކު ފުރިހަމަކުރަންވާނެ ކަމަށް އޮތް މާއްދާއަށް އަމަލު ކުރުން ވަނީ ދެމަސް ދުވަސް ފަސްކޮށްފައެވެ.

ޑްރައިވިންގ އިންސްޓްރަކްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމުގައި، މަދުވެގެން ހަ ގަޑިއިރު ހޭދަކުރަންވާނެ ކަމަށާއި ޑްރައިވިންގ އިންސްޓްރަކްޓަރުން އިމްތިޙާނު ކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުގައި، ތިއަރީއާއި ޕްރެކްޓިކަލް ޓެސްޓެއް ހިމަނަންވާނެ ކަމަށް އޮންނަ މާއްދާއަށް އަމަލު ކުރުން ވެސް މިހާރު ވަނީ ދެމަސް ދުވަސް ފަސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top