މޫސުން ގޯސްވެ ދަތުރު ނުކުރެވުމުގެ ސަބަބުން ކިހާދޫ ކާޑަށް ޖެހިއްޖެ

27893244_340859096407533_8728779631865364480_n.jpg

މޫސުން ގޯސްވެ ދަތުރު ނުކުރެވުމުގެ ސަބަބުން ބ.ކިހާދޫން ކާޑުގެ ބާވަތްތަކާއި ކައްކާ ގޭސް މުޅިން ހުސްވެއްޖެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފަޒީލް ވިދާޅުވީ ކިހާދޫއަށް ކާޑާއި ގޭސް ގެނައުމަށް މިހާރު މާލޭ ބަނދަރުގައި އޮތް ކެންދޫ ބޯޓަށް އަރުވާފައި ހުންނަތާ މިހާރު ފަސްދުވަސްވަރު ވެފައިވާ ކަމުގައެވެ.  ނަމަވެސް މޫސުން ގޯސްވެ އެބޯޓަށް ދަތުރު ކުރެވޭ ވަރު ނުވާތީވެ ރަށުން ކާޑުގެ ބާވަތްތަކާއި ގޭސް ހުސްވަން ދިމާވީކަމުގައެވެ.

“އެހެންވީމާ މިހާރު އަޅުގަނޑުމެން މިމަސައްކަތް ކުރަނީ އަތޮޅު ކައުންސިލާ ގުޅައިގެން އޭދަފުށިން ކާޑު ގެނެވޭތޯ. “ރައީސް ފަޒީލް ވިދާޅުވިއެވެ.

500 އެއްހައި މީހުން ދިރިއުޅޭ ކިހާދޫގައި މާލެ ދަތުރުކުރާ ބޯޓެއް ނުހުންނާތީވެ އެރަށު ރައްޔިތުން މާލެއިން ގެންނަން ބޭނުންވާ ތަކެތި ގިނައިން ގެންނަނީ ކައިރީގައި އޮތް ކެންދޫގެ ބޯޓަކުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top