ކުޅިވަރު މުބާރާތެއް ބާއްވާނަމަ ރަޖިސްޓްރީ ކުރަން ޖެހޭގޮތަށް ހަމަޖައްސައިފި

DSCN1822.jpg

ކުޅިވަރު މުބާރާތެއް ބާއްވާނަމަ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް ހަމަ ޖައްސައިފިއެވެ.

ބުދަ ދުވަހު ޔޫތު މިނިސްޓްރީގެ ފަރާތުން ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީފައިނުވާ ކުޅިވަރު ޖަމްޢިއްޔާތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވާދަވެރި މުބާރާތްތައް ހިންގަމުން ގެންދާކަމުގެ ޝަކުވާ ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ލިބެމުން އަންނަކަން ފާހަގަކުރާ ކަމަށާއި ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު ( ޤާނޫނު ނަންބަރު: 2015/30 ) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވާދަވެރި ގޮތެއްގައި ކުޅިވަރު މުބާރާތް ނުވަތަ ޙަރަކާތް ހިންގޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

ވީމާ، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީނުކުރާ ފަރާތްތަކުން ހިންގާ ވާދަވެރި ކުޅިވަރު މުބާރާތް ނުވަތަ ޙަރަކާތަކީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނާ ޚިލާފު ކަމަކަށްވާތީ، މިފަދަ މުބާރާތްތައް ހިންގުމުގެ ކުރިން މުބާރާތް ހިންގާ ފަރާތް އަދި މުބާރާތުގައި ވާދަކުރާ ކުޅިވަރު ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކުރުމަށް އިލްތިމާސްކުރާ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top