ބައެއް ހިދުމަތް ނުލިބޭތީ އާސަންދައިގެ ސިޔާސަތު ބަދަލު ކުރާނަން: ނަސީމް

b_1OFiFy1eeR1mA8biYFYm7tdLm.jpg

13 އޭޕްރީލް 2022 ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ---ފޮޓޯ: މަޖިލިސް އިދާރާ

ސިއްހީ ގޮތުން ބޭނުންވާ ބައެއް ހިދުމަތް އާސަންދައިން ނުލިބޭތީ އާސަންދައިގެ ސިޔާސަތު ބަދަލު ކުރަން ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމަށް އޮތް ވަގުތުގައި، މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް އާއި، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލަަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ނަސީމު ވިދާޅުވީ، މަޝްވަރާ ކޮށްގެން އާސަންދައިގެ ސިޔާސަތު ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި އެކަންކަމުގައި މިވަގުތަށް ގެނެވެން އޮތް އެންމެ ރަނގަޅު ހައްލެއް ގެންނަވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާސަންދައިގެ އެހީތެރިކަން ލިބެން ޖެހޭ ކަންތައްތަކަށް އެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، އާސަންދައިގެ ކަންތައްތަކަށް މިހާރު 1.2 ބިލިޔަން ރުިފޔާ ހަރަދުވާ ކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހިމެނޭނަމަ އެކަންތައް ހައްލު ކުރައްވާނެ ކަމަށާއި، ވައްކަމަށް ތާއީދު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އާސަންދައިގެ ސިޔާސަތަށް ބަދަލުގެންނަ ޖެހޭކަން ފާހަގަ ކުރައްވައި، އާސަންދަ ތަރުތީބު ކުރެވިފައިވާ ގޮތް އިސްލާހު ކުރަންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top