ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި.

Majilis.jpeg

މި އަހަރުގެ ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެއްވުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ތަސްދީގު ކުރައްވައިފި އެވެ.

ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޯވިޑް-19 އާ ގުޅިގެން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ނިންމައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަބިލު 2020 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޙާބު ފަސްކުރުމާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 29 އެޕްރީލް 2020 ގައެވެ. މި ބިލު ފާސްކުރީ ޖަލްސާގައި ބައިވެރިވި 63 މެންބަރުންގެ ވޯޓުންނެވެ.

މި ގާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020، މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ފަސްކުރެވުނީއެވެ.

އަދި ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެވުމާއެކު، އެ އިންތިޚާބުގެ ބޭއްވުމަށްޓަކައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނުމުގައި ބަލާނީ، އެ އިންތިޚާބު ބޭއްވުމަށް އަލުން ކަނޑައަޅާ ތާރީޚަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top